އެންމެ ހެޔޮމީހަކީ ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމު އަހުންނާއި އުހުތުންނަށް, ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ, އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ, އެ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ރަމަޟާން މަހާއި ދިރިއުޅުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ރޯދަ މަހަކީ އަޅުކަމާއި މަގުފިރަތާއި ޤުރުއާން ކިޔެވުމާއި ރޭއަޅުކަންކުރުމުގެ މައްސަރު ކަމަށާއި އެއީ ހިދާޔަތުގެ މައްސަރު ކަމަށެވެ.
އަދި ރޯދައިގެ އަޅުކަމުގެ ތެރޭގައި ރޫހާނީ, އިޖުތިމާއީ, ސިއްހީ ގިނަގުނަ ފައިދާތަކެއްވާ ކަމަށާއި ރޯދައިން ކެތްތެރިކަން ދަސްކޮށްދީ, މުސްލިމުންގެ އަހުލާގު ތަހުޒީބުކޮށް ތަރައްގީކޮށްދޭ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, ރޯދަވެރިޔާ ރޯދައަށް ހުންނައިރު ދެބައޮޑުވުމާއި ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާންޖެހޭ ކަމަށާއި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭ ކަމަށެވެ.
މިފަދަ ފަހި ފުރުސަތެއް ދެވަނަ ފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ މި ބަރަކާތްތެރި މައްސަރުގައި ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށާއި މުޖުތަމައު އެއްބައިވަންތަކުރާ މުޖުތަމައުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައިވުމަށް ނަސޭހަތްތެރިވެފަ އެވެ
އަދި ރޯދަ ދަސްކޮށްދެނީ އަނެކާގެ އިހުސާސްތަކުގައި ބައިވެރިވެ ނިކަމެތި ހާލުގައި އުޅޭ ފަގީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށް ކަމަށާއި އެގޮތުން ކަމަށް ބުންޏެވެ.




ގުޅުންހުރި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ބިރުވެރިކަމުގައި އާހިރަތް ދުވަހު އުޅޭނީ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެގެން، ތައްޔާރުވޭ!: