ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ، ސިއްހީ މައްސަލައަކާ ހެދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މިރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައްވައިފި އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަސް ފެށުނީއްސުރެ ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދެވީ ހުޅުމާލޭ ރަޝީދު މިސްކިތުގަ އެވެ.
ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން އިމާމުވެ ތަރާވީހު ނުކުރައްވަން ނިންމެވީ ޑޮޮކްޓަރުން ލަފާގެ މަތިން ކަމަށެވެ. އަދި ވަރަށް އަވަހަށް ސާޖަރީއަކަށް ދާނެތީ، އާންމުންގެ ހެޔޮ ދުއާއަށް ވެސް އެދިވަޑައިގެންފަ އެވެ.
”ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުންމީދުކުރަން. އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުގުވެރިކަމާއެކު ކުރާ ކަމެއް. މާތް ﷲ ތައުފީގު ދެއްވާށި،“ ޝަހީމުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ޝަހީމަށް ދިމާވީ ކޮން ސިއްހީ މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ގުޅުންހުރި
ސިޔާމް އާއި ޒާރާ ވަރިވެއްޖެ!
އާ ޓާމިނަލްގެ ބަހުސް: ރައީސް ޔާމީނާއި ރައީސް ސޯލިހަށްވެސް ރައީސް މުއިއްޒު
މާލޭގެ މަގުމަތީގައި ކަނޑި އާއި ވަޅި ހިފައިގެން އުޅުނު ދެ މީހަކު
ހިޔާ ފުލެޓު އަތުލި މީހުންނަށް އެންމެ އަވަހަށް ފަށާ ސްކީމަކުން ފުލެޓު
4،000 ފްލެޓު ލިބޭ މީހުންނާއެކު އަންނަ ހަފުތާގައި ސޮއިކުރަން ފަށަނީ
ފީނަން ފޭބި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ