ޖުލައި 4, 2024

”އަހަރެން ހަމަ ކޭފަދަ“މިސްކިތް

އަހަރެން ހަމަ ކޭފަދަ!“ މި ނަމުން މަޝްހޫރުވެފައި ހުރި މިސްކިތެއްތުރުކީގެ އިސްތަންބޫލުގައި ހުރެއެވެ. މި ނަން ކިޔާފައި ތިޔަވީ ޙައިރާނައްވުރެމާބޮޑު ޙައިރާންކަމެއް އެ މިސްކިތުގެ ވާހަކަ ކިޔުމުން ލިބޭނެއެވެ. ޢިބުރަތްހާސީލްކުރާ ބަޔަކަށް މި ވާހަކައިގައި ހެޔޮ ފިލާވަޅެއް ވެއެވެ.

18ވަނަ ޤަރުނުގައި މުސްލިމުންގެ ވެރިކަމެއް ތުރުކީގައި ގާއިމުވެގެންއައި ހިސާބުން ފެށިގެން އުޘްމާނީ ޚިލާފަތުން ގެންދިޔައީ އިސްތަންބޫލުވަރަށް ބޮޑަށް ތަރައްޤީ ކުރަމުންނެވެ. އިސްލާމީ ޙަޟާރަތެއްގައި އެންމެގިނައިން ބިނާ ކުރެވޭނޭ އެއްތަނަކީ މިސްކިތް ކަމާ މެދަކު ޝައްކެއް ނެތެވެ.

މީލާދީން 1750ގައިޚައިރުއްދީންކިޔާ ތަޤުވާވެރި މީހަކު ތުރުކީގައިދިރިއުޅުނެވެ. އޭނާ ނަމާދަށް ގޮސް އުޅު މިސްކިތުގައި ދަރުސެއް ދެއްވިޢިލްމުވެރިޔަކު މިސްކިތް ބިނާކުރުމުގެ މާތްކަމާ މެދު ވާހަކަ ދެއްކެވި އިރު،ޚައިރުއްދީން އިނީ އެ ޝައިޚުގެ ވާހަކަ ވަރަށް ކަނުލާ އަޑުއަހާށެވެ. އޭނާގެސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ މި ޙަދީޘްފުޅަށެވެ. «مَنْ بَنَى مَسْجِدًا لِلَّهِ تَعَالَى – قَالَ بُكَيْرٌ حَسِبْتُ أَنَّهُ قَالَ – يَبْتَغِى بِهِ وَجْهَ اللَّهِ – بَنَى اللَّهُ لَهُبَيْتًا فِى الْجَنَّةِ» (رواه مسلم)  މާނައީ: [ ސުބްޙާނަހޫ ވަތަޢާލާގެވަޖުހުފުޅު އަދައިގެން، މިސްކިތެއް ބިނާކޮށްފި މީހަކަށް، ސުބްޙާނަހޫވަތަޢާލާ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.] ސުވަރުގެއިންގަނޑުވަރެއް ހޯދުމުގެ އެދުން ޚައިރުއްދީންގެ ކިބައިގައި ވަރަށް ބޮޑުވެއްޖެއެވެ. އެ ކަމަށް ނޭދޭނީ ފަހެ ކާކު ހެއްޔެވެ. ކުޑަ ގެއެއް އަޅާނެ ބިންކޮޅެއް މިދުނިޔެއިން ލިބުމަކީ ވެސް އިންސާނުންނަށް ވަރަށް އުފާވެރިކަން ލިބިދޭކަމެކެވެ. އަދި ބިނާކޮށް ފުރިހަމަ ކޮށްފައި ހުރި ގަނޑުވަރެއް ސުވަރުގެއިންލިބުން ވާނީ ކިހާ މަތިވެރި އުފަލަކަށްތޯއެވެ؟

ދަރުސް ނިމުމާ އެކު ޚައިރުއްދީން އެ ކަމާ ފިކުރު ކުރަން ފެށިއެވެ. މިސްކިތެއް ބިނާކޮށްގެން ސުވަރުގެއިން ގަނޑުވަރެއް ހޯދާނޭ ގޮތަކާ މެދުއެވެ. އޭނާއަކީ ތަނަވަސްކަމުގެ އަހުލުވެރިއެއް ނޫނެވެ. ދުވަހު މަސައްކަތް ކޮށްގެންކައިބޮއި އުޅޭ ނިކަމެއްޗެކެވެ. އެހެނަސް ސުވަރުގެއިން ގަނޑުވަރެއް ލިބޭތޯ، މިބިންމަތީ މިސްކިތެއް ބިނާކުރުމުގެ ވަރުގަދަ ޢަޒުމާ އެކު ޚައިރުއްދީން އޭނާގެހިތުގައި ނިޔަތް ކަނޑައެޅިއެވެ. ޢަޒުމެއް ކޮށްފައި ﷲއަށް ވަކީލުކޮށް ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ އެ ކަމެއް ކާމިޔާބުވާނެކަން އޭނާ ދަނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ، إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ﴾ (سورة آل عمران: ١٥٩) މާނައީ: [ފަހެ، (ކަމަކާމެދު) ކަލޭގެފާނު  ޢަޒުމް ކަނޑައަޅުއްވައިފި ނަމަ، ފަހެ، ކަލޭގެފާނު اللَّهއަށްވަކީލުކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލުކުރާ މީހުންދެކެ ލޯބިވެވޮޑިގެންވެތެވެ.“ ﷲެގ ޙަޟްރަތަށް ވަކީލުކޮށް ހުރެ މިސްކިތް އެޅުމުގެޢަޒުމުގައި ފައިސާ ޖަމާކުރާނޭ ފޮށްޓެއް އޭނާ ހަދައިފިއެވެ. އެ ފޮށްޓަށް ފައިސާއަޅާ ޖަމާކުރަމުން ގޮސް މިސްކިތް ބިނާކުރެވޭ ވަރަށް ފައިސާ ޖަމާ ކުރެވޭނެކަމުގެ ޔަޤީންކަން އޭނާގެ ޢަޒުމުގައި އޮތީމައެވެ. ދުރު ރާސްތާގެ ވިސްނުމުގައިބޮޑުމަންޒަރު ބަލާ ކޮންމެ މީހަކަށް ކިތަންމެ ބޮޑު ކަމެއް ވެސް ކުރެވިދާނެއެވެ. ބޭނުންވަނީ ޢަޒުމު ވަރުގަދަ ހިތަކާއި ކެތްތެރިކަން ބޮޑު ނަފުސެކެވެ.

އެ ދުވަހުން ފެށިގެން ޚައިރުއްދީން އޭނާގެ ކެއުމުގެ ވައްޓަފާޅިއަށް ވަރަށްބޮޑު ބަދަލެއް ގެނައެވެ. އޭނާއަށް ލިބޭ އާމްދަނީން ކުރާ އެއް ޚަރަދުކުޑަކުރުމަށް ޒުރޫރީ މިންވަރަށްވުރެ އިތުރަށް ނުކާން ގަސްތުކުރިއެވެ. މީރުކާނާއެއް ކާހިތްވާ ކޮންމެ ފަހަރަކު އެ އެއްޗެއް ވިއްކާ މީހެއް ކައިރިއަށް ދެއެވެ. މިސާލަކަށް ހަލުވާ ކާހިތްވުމުން ބޭކަރީއަށް ގޮސް އޭގެ އަގު އަހައެވެ. އަދި އޭގެއަގަކީ މިވެނި ވަރެކޭ، ދޭން ވީ ކިހާ ހަލުވާއެއްތޯ ސޭޓު ސުވާލުކުރުމުން،ޚައިރުއްދީން ބުނަނީ ((ސަންކި ޔެދިމް)) ”އަހަރެން ހަމަ ކޭފަދަ!“އެވެ. ދެންގެއަށް ގޮސް ސޭޓު ބުނި އަގު އެއްކަލަ ފަންޑު ފޮއްޓަށް ލަނީއެވެ. މޭވާ ވިއްކާތަންތަނުގެ ކައިރިން ދަމުން ވެސް އެ މީހުންގާތު މޭވާގެ އަގު އަހައެވެ. އަދި އަގުބުނުމާ އެކު ދޭންވީ ކިހާ މޭވާއެއްތޯ ސޭޓު ސުވާލު ކުރާ ކޮންމެ ފަހަރަކުއަހަރެން ހަމަ ކޭފަދަ!“އެވެ ކިޔައި ޚައިރުއްދީން އެ ތަނުން ދަނީއެވެ. ކޮންމެދުވަހަކު ގެއަށް ގޮސް އެ ދުވަހެއްގައި އަގުބެލި ހުރިހާ އެއްޗަކަށް ވާ ޖުމްލަފައިސާ އެއްކަލަ ފޮށްޓަށް ލައެވެ. ޚައިރުއްދީން ކައިބޮއި އުޅުނީ އެންމެ ޒަރޫރީކާނާއެވެ. ކިރިޔާ ބަނޑުފުރާނަމުއްތިކުރެވޭ ވަރަށެވެ. އެންމެ ހެޔޮ އަގުގައި ލިބޭ ސާދާ ކާނާއެވެ.

ޚަރުއްދީންގެ މި ޢަމަލު ޢަޖައިބުކަމަކަށް ނުވި ނަމަވެސް، މުޅި ރަށުތެރޭއޭނާ ކުރާ ކަންތަކުގެ ވާހަކަ ދެކެވެން ފެށިއެވެ. އެންމެންނަށް ވެސް އޭނާގެފަޤީރުކަން އެނގޭތީ މާބޮޑު ކަމެއްގެ ގޮތުގައި އެކަން ހަދައިގެން ނޫޅެއެވެ. ޒަމާންތައް މާޒީވަމުން ގޮސް ވިއްސަކަށް އަހަރުވީއިރު އެއްކަލަ ފޮށި ފުރޭވަރުވެއްޖެއެވެ. އަދި މިސްކިތް އަޅާނޭ ވަރަށް ފައިސާ އޭގައި ޖަމާވެއްޖެއެވެ.

ޢިމާރާތްކުރާ ބަޔަކާ ޚައިރުއްދީން ބައްދަލުކޮށް، އޭނާ މިސްކިތެއްއަޅަން ބޭނުންވާ ވާހަކަ އެ މީހުންގާތު ބުންޏެއެވެ. އެ މީހުން އެ ވާހަކަ އަޑުއެހީޖޯކެއް ކަމަށް ބަލައިގެންނެވެ. ކަންވާނީ ވެސް އެހެންތާއެވެ. އޭނާ އަކީ އާފަލެއްގަނެވޭ ވަރުގެ ތަނަވަސްކަމެއް ވެސް ނެތް މީހަކު ކަމުގައި ނޫނީ މީސްތަކުންއޭނާ ނުދެކެއެވެ. ފިހާރަފިހާރައިން އަގުބަލައިފައި އެނބުރި ދާ މީހެއްގެ ގޮތުގައިމުޅި ރަށަށް މަޝްހޫރު ޚައިރުއްދީން އައިސް، މިސްކިތެއް އަޅާ ވާހަކަ ބުނުމުންއެކަން ވާނީ ހަމަ ޔަޤީނުން ވެސް ބޮޑު ޖޯކަކަށެވެ.

ޙައިރުއްދީން ވަރަށް ހަމަޖެހިގެން ހުރެ އެމީހުންނަށް އޭނާގެއެޢަމަލުތަކުގެ ފަހަތުގައި އޮތް ޢަޒުމް ކިޔައިދިނެވެ. އަދި 20 އަހަރުތެރޭ އޭނާ ވީތައްޔާރީގެ މޭވާ ބިންނަ ދުވަސް އައިސް ޖެހިއްޖެކަމަށް ބުންޏެވެ. މިވާހަކަތައް އަޑުއަހާފައި މަސައްކަތްކުރާ މީހުން ވަރަށް ޝައުޤުވެރިވެއްޖެއެވެ. އަދި ޚައިރުއްދީނާ އެކު އޭނާގެ ގެއަށް ގޮސް މިސްކިތް އެޅުމަށް މަޝްވަރާކުރިއެވެ.

މާގިނަ ދުވަސްތަކެއް ނުވެ، އިސްތަންބޫލުގެފާތިޙްއެވެ ކިޔުނުސަރަޙައްދުން މިސްކިތް އަޅާނެ ބިމެއް ޚައިރުއްދީނުގެ ނަމުގައި ގަނެފިއެވެ. އަދި އެ ތަނުގައި ކުޑަ މިސްކިތެއް އޭނާގެ ފައިސާއިން ބިނާކޮށްފިއެވެ. މުޅިރަށުގައި އަނެއްކާ ވެސް ޚައިރުއްދީންގެ ވާހަކަ ފެތުރި މައްޝްހޫރުވެއްޖެއެވެ. މި ފަހަރު އޭނާގެ މޮޅުކަމާއި ހިތްވަރުގަދަ ކަމަށް ތައުރީފުކުރުމެވެ. ޢަޒުމު ވަރުގަދަ ކަމާއި ނިޔަތުގެ ޘާބިތުކަމުގެ މައްޗަށް ޘަނާ ކިޔުމެވެ. އަދިމީސްތަކުން އެ މިސްކިތަށްއަހަރެން ހަމަ ކޭފަދަ!“ މިނަން ކިޔަންފަށައިފިއެވެ. މީސްތަކުންގެ ތެރޭގައި މިއީ ވަރަށް ޢިބުރަތްތެރި ފިލާވަޅަކަށްވެގެން ހިނގައްޖެއެވެ. ކަމެއް ޙާޞިލް ކުރަން ބޭނުން ނަމަ، ހިތްއެދޭކަންތައްތަކެއް ޤުރުބާން ކުރަން ޖެހޭނެކަން އެނގިގެން ދިޔައެވެ. އަދިހިތްވަރާ އެކު ހިތްމަތްކުރާ މީހުންނަށް ކާމިޔާބު ވާނޭ ކަން ވެސް ޔަޤީންކުރެވުނެވެ.

1914ން 1918އަށް ކުރެވުނު ބޮޑުހަނގުރާމައިގައި ޚައިރުއްދީންބިނާކުރިއަހަރެން ހަމަ ކޭފަދަ!“ މިސްކިތް ވަރަށް ބޮޑަށް ހަލާކުވެއަނދައިގެން ދިޔައެވެ. 1959އާ ޖެހެންދެން އެ މިސްކިތް ބޭނުންނުކޮށްހުއްޓާ އެ ސަރަޙައްދުގެ މީހުން އަލުން އެ މިސްކިތް ބިނާކޮށް އިތުރަށްތަރަށްޤީ ކުރިއެވެ. އެ މީހުންގެތެރޭ އިސްރާފު ކުރުމާ ބޭކާރު ޚަރަދު ކުޑަކުރުމަށްހިތްވަރުދިން މޮޓޯއެއް ކަމުގައިއަހަރެން ހަމަ ކޭފަދަވެގެން ދިޔައެވެ. އެމިސްކިތް ވީ އެކަމުގެ ރަމްޒެއް ކަމުގައެވެ.  ﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ (الأعراف: ٣١) މާނައީ: [އަދި ތިޔަބައިމީހުންކައިބޮއި އުޅޭށެވެ! އަދި އިސްރަފުނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާމީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.]

މިއަދު އެ މިސްކިތަކީ ހަމައެކަނި ނަމާދުކުރާ ތަނެއް ނޫނެވެ. އެއީޔުނިވަރސިޓީ ފެންވަރަށް ކިޔަވައި ވެސް ދޭ ތަނެކެވެ. އަދިވެސް އެތަނަށްކިޔާނީ ((ޔުނިވަރސިޓީ ސަންކި ޔެދިމް))އެވެ. [އަހަރެން ހަމަ ކޭފަދަ!](ޔުނިވަރސިޓީ) މިހެންނެވެ. މިފަދަ ޢަމަލުތަކުން ހިތްވަރުލިބިގެން ހެޔޮކަންކަމުގައި ކުރިއަރައި ދާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! ކެއުމުގައި އިސްރާފުކުރުމުގެ އާދަ ދޫކޮށްލައިފި ނަމަ އިންސާނުންނަކީ ވަރަށް ގިނަ ގޮތްގޮތުން ކުރިއަރައި ދާނޭ ބައެއް ކަން ޔަޤީނެއެވެ.

ޚައިރުއްދީންގެ އެ ޢަމަލު ޤަބޫލު ކުރައްވައި އޭނާއަށް ސުވަރުގޭގައިގަނޑުވަރެއް ބިނާކޮށްދެއްވާނދޭވެ! އޭނާގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައިފާފަ ފުއްސަވާނދޭވެ! އާމީން!