ކަރަންޓު އަދި ފެން ބިލުތަކުގެ ޖޫރިމާނާ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާފުކޮށްދެއްވައިފިއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިލުތަކުގެ ޖޫރިމާނާމާފުކޮށްދެއްވީ އާންމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމައި ކަމޭބެހޭ ކުންފުނިތަކަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ބިލުތަކަށް ނުދެއްކި ހުރި ފައިސާ ދެއްކުމަށް ކުއި ގޮތަކަށް އެއްބަސްވުން ހެދުމަށްވެސް ކުންފުނިތަަކަށް އަންގާފައިވާނެ ކަމަށެވެ.
ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ މި ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ އެހެން މަސްތަކުގައި ވެސް ހުންނަ ވަރުގައި ކަމަށާއި އެއަށްވުރެ ބިލު ބޮޑުނުވާނެ ގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.



ގުޅުންހުރި
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި