ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫއުގެ ޖީއެސްޓީ ފައިސާ، މޯލްޑިވްސް އިންލެންޓް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަން ޖެހޭނީ ދިވެހި ދައުލަތުންކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އެ މަޝްރޫއު ހަވާލުކުރީ 140 މިލިއަން ރުފިޔާއަށެވެ.
އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ 140 މިލިއަން ރުފިޔާއަކީ ހަމައެކަނި އެ މަޝްރޫއުގެ އަގު ކަމަށާއި އެއީ ޖީއެސްޓީ ހިމަނައިގެން ކަނޑައަޅައިފައިވާ އަގެއް ނޫން ކަމަށެވެ. އެހެންކަމުން ޖީއެސްޓީ ދައްކަން ޖެހޭނީ ދިވެހި ދައުލަތުން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމުގައި ބުނީ 2018 ވަނަ އަހަރު އެ މަޝްރޫއުގެ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ގެނައި ބަދަލުގައިވާ ގޮތުން 25 ބުރީގެ އިމާރާތުގެ މަޝްރޫއުގެ އަގުގެ ގޮތުގައި 140 މިލިއަން ޑޮލަރު ކަނޑައަޅާފައި ވަނީ ޖީއެސްޓީ އާއި އެހެން ވެސް ޓެކްސް ނުހިމެނޭ ގޮތަށް ކަމަށެވެ. އެހެންވެ، ޗައިނާގެ ކުންފުނިން އެ މަޝްރޫއުއާ ގުޅިގެން ޓެކްސްގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީއަކީ ދިވެހި ސަރުކާރުން ޒިންމާވާން ޖެހޭ ފައިސާތަކެއް ކަމަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ.
އަދި ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނިން މީރާއަށް ދެއްކި 227،000 ރުފިޔާ ވެސް ދިވެހި ދައުލަތުން އަނބުރާ އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ހުކުމްކުރިއެވެ.
ދަރުމަންވަންތަ ހޮސްޕިޓަލުގެ މަޝްރޫއުގެ ޖީއެސްޓީ ދައްކަން ޖެހޭނީ ދިވެހި ދައުލަތުން: ސިވިލް ކޯޓު




ގުޅުންހުރި
އަޝްފާގު އެއް މިލިއަން ރުފިޔާ ދައްކައިފި، ބާކީ ހަތަރު ލައްކަ ދައްކަން
މިނަށްވުރެ ބަރުދަން މަތި މީހުންގެ ބަރުދަން ދަށްކުރަން ހަދާ ސާޖަރީގެ ހިދުމަތް
ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް ބިމެއް ގަނެފި, ދޮޅު އަހަރުތެރޭ ގަތް 3
ކޯޓަށް ހާޒިރުނުވެގެން ހަމްދޫން ހޯދަނީ
އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފި
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި