ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ދިފާއީ ވުޒާރާއަށާ ދިވެހި އަސްކަރިއްޔާއަށް މިހާރު ލިބިފައި އެބަހުރި ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ނަޝީދަށް ދިން ހަމަލާއަށް ތިން އަހަރު ވެފައިވާއިރު އެ މައްސަލަ ކޮޅެއްގައި ނުޖެހި، އެއީ ނުވާ ކަމެއްގެ ގޮތުގައި ވެގެންދާތަން ފެންނަ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ފުންމިނަށް މި ސަރުކާރުން ދެވިދާނެތޯ އިމްތިޔާޒު ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ، އެމްއެންޑީއެފުން ގާނޫނީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
”ތި ވިދާޅުވި މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދާނަން. އަޅުގަނޑަށް މިހާރު ފެނިފައިހުރި ކަންތައްތަކުގައި، މައުލޫމާތު މި މަޖިލީހަށް އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި. އެހެން ނަމަވެސް އެ މައުލޫމާތު ހިއްސާކުރެވޭނީ ތި ބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ،“ ޣައްސާން ވިދާޅުވި އެވެ.




ގުޅުންހުރި
ބަޖެޓުގައި ތަފްސީލު ނެތް މައްސަލައިގައި ޒަމީރު: އެއީ ރައްޔިތުންގެ ފައިދާއަށް!
ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލަ: އިތުރު ތިން މީހަކު ހައްޔަރުކޮށްފި
ސައީދަށް ”ދުއްޕާނަކަށް“ވީ އެއާޕޯޓު މިހާރު ތަރައްގީގެ ނާރެހަކަށް!
އޭސީޕީ ޝިފާންގެ މައްސަލަތައް ކަމަށްބުނާ ރެކޯޑުތަކެއް ލީކުވުމުން ފުލުހުންނަށް އޭނާގެ ބޮޑު
ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ޓީމެއް ރާއްޖޭގައި
ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް، މަތީ ދަރަޖަ