ޖުލައި 4, 2024

ހަފްތާ ބަދިގެ: ޓޫނާ ރޯޓީ

ބޭނުންވާ ތަކެތި

  • 2 ޖޯޑު ފުށް
  • ރަހަލާވަރަށް ލޮނު
  • ½ ޖޯޑު ހޫނުފެން
  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • 1 ލީކްސް (ކުދިކޮށް ކޮށާފައި)
  • 1 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
  • 1 މިރުސް (ކުދިކޮށް ކޮށާފައި)
  • 2 ސައިސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
  • ހިކަނދިފަތް
  • 1 ސައިސަމުސާ ކުކުޅު ހަވާދު
  • ½ ސައިސަމުސާ ތެޅި މިރުސް
  • ½ ސައިސަމުސާ އަސޭމިރުސް
  • 1 ދަޅު މަސް
  • 3 އަލުވި (ފެނުކައްކާފައި އަދި ޗަސްކޮށްފައި)

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ފުށް، ލޮނު އަދި ތެޔޮ އަޅައިލާށެވެ. ދެން މީގެ ތެރެއަށް މަދުމަދުން ހޫނުފެން އަޅަމުން ފުށްގަނޑު މޮޑެލާށެވެ.

ތަވައަކަށް ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާ، ހިކަނދިފަތް އަދި މިރުސް އެޅުމަށްފަހު ފިޔާކޮޅު ރަތްކޮށްލާށެވެ. ދެން މީގެ ތެރެއަށް ޖިންޖަރ ގާލިކް ޕޭސްޓް އެޅުމަށްފަހު އެއްކޮށް 1 މިނެޓް ވަންދެން ހަލަމުން ކައްކާލާށެވެ. އެއަށްފަހު މީގެ ތެރެއަށް ލީކްސް އަދި ޓޮމާޓޯ އެޅުމަށްފަހު ޓޮމާޓޯކޮޅު މަޑުވަންދެން ކައްކާލާށެވެ.

އެއަށްފަހު މީގެ ތެރެއަށް ކުކުޅު ހަވާދު، އަސޭމިރުސް އަދި ތެޅިމިރުސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން މީގެ ތެރެއަށް މަސްދަޅު އަޅައި އެއްކުރުމަށްފަހު ޗަސްކޮށްފައި ހުރި އަލުވި އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި 5 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ.

ފުށްގަނޑުން ގުޅަ ޖެހުމަށްފަހު މި ގުޅަ ރޮށި ދަމާއެތި ބޭނުންކޮށްގެން ހަތަރެސްކަން ވާގޮތައް ދަމާލާށެވެ. ދެން މީގެ ތެރެއަށް ތައްޔާރުކުރި ފިލިންގް ކޮޅެއް އެޅުމަށްފަހު ރޯލްއެއް ގޮތައް ހަދާލާށެވެ.

އެހެން ތަވައަކަށް ތެޔޮކޮޅެއް އެޅުމަށްފަހު މި ރޯލްތައް ތަވާ މަތީގައި ފިހެލާށެވެ.