ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓްތަކުގެ މެއިލް ބޮކްސްތަކަށް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ބައިބަލްގެ ލިންކުތައް ލިޔެފައި ހުންނަ ކާޑުތަކެއް އެޅި ދެ އަންހެނުން ހައްޔަރުކޮށްފި އެވެ.
އެ ދެ އަންހެނުން އަޅާ ބިޒްނަސް ކާޑުތަކުގައި ކްރިސްޓިއަން ދީނާ ގުޅޭ ފިލްމުތަކެއްގެ ލިންކާއި ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓްތަކުގެ ލިންކުތައްވެސް ލިޔެފައިވެ އެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ޖެހުމުން ދެ މީހުން މިހާރު ހައްޔަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހައްޔަރުކުރި ދެ މީހުންނަކީ ޖަރުމަނަށް ނިސްބަތްވޭ ބައެއް ކަމަށާއި އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.

ގުޅުންހުރި
4،000 ފްލެޓު ލިބޭ މީހުންނާއެކު އަންނަ ހަފުތާގައި ސޮއިކުރަން ފަށަނީ
ފީނަން ފޭބި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ
ވަގު ސްލިޕު ފޮނުވި ދެމަފިރިން ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދޫކޮށްލައިފި
އަޅުގަނޑާ ވާދަކުރަން ކެރޭވަރުގެ ސިޔާސީ ލީޑަރެއް ރާއްޖޭގައި ނެތް: ޔާމީން
ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި
އެކްސިޑެންޓްގައި މަރުވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު!