މިދިޔަ އަހަރާ ބަލާއިރު މިއަހަރުގެ ތެރޭގައި ކޮމާޝަލް ބޭންކުތަކަށް ޑޮލަރު ދޫކުރާ އަދަދު އިތުރުވާނެކަމަށް އެމްއެމްއޭން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ އެމްއެމްއޭގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މީގެ ކުރިން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ގަންނަން ބީއެމްއެލުން 25 ޕަސަންޓަށް ޑޮލަރު ދޫކުރާ ކަމަށް ވިދާޅުވެފަ އެވެ. ޝަރީފު ވިދާޅުވީ މިފަހުން އެ އަދަދު ވަނީ ދަށްކޮށްފައި ކަމަށާއި އެކަން އެގޮތަށް ކުރީ ބޭންކުތަކަށް ޑޮލަރު ހިފެހެއްޓުމުށްތޯ އެމްއެމްއޭގެ އިސްވެރިންނާ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ހުމަދު އިމާދު ވިދާޅުވީ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާާގެ އަދަދު ނޫނީ އެމްއެމްއޭގެ އިންޓަވެންޝަން މަދުކޮށްފައި ނުވާނެ ކަމަށެވެ.
”އިތުރު ބަދަލުތަކެއް ނުގެނެވޭ. އެކަމަކު އެ ބޭފުޅުން (ބީއެމްއެލް)ގެ ބިޒްނަސް އޮޕަރޭޝަންތަކަށް ގެނެވިގެން އުޅޭ ބަދަލުތަކެއް ކަމަށް ފާހަގަ ކުރެވެނީ. ނަމަވެސް އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ އަދަދު 2023 ވަނަ އަހަރަށް ވުރެ 2024 ވަނަ އަހަރު ދޫކުރާ އަދަދު އިތުރު ވާނެ،،“ އިމާދު ވިދާޅުވިއެވެ.
އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރު އިދްހާމް ހުސެއިން ވިދާޅުވީ ނިމިދިޔަ އަހަރު ގާތްގަނޑަކަށް 260 މިލިއަން ޑޮލަރު އެމްއެމްއޭން ވަނީ ބޭންކުތަކަށް ދޫކޮށްފައި ކަމަށާއި މި އަހަރުގެ ތެރޭގައި 314 މިލިއަން ޑޮލަރު ކޮމާޝަން ބޭންކުތަކަށް ދޫކުރާނެ ކަމަށެވެ.




ގުޅުންހުރި
ރޯދަމަހު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސަންޓަށް އިތުރުކުރަނީ
20 އަދި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި