ފުވައްމުލަކު ސިޓީގައި 108 އެނދުގެ ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އާއި ފުވައްމުލަކު ސިޓީ ކައުންސިލާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ކަމަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގު ކަމަށެވެ.
އާރްއޭސީލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓޫރިޒަމް ޒޯން ތަރައްގީކުރަން ނިންމާފައިވަނީ ފުވައްމުލަކުގެ އެއާޕޯޓާ އިންވެގެން އޮންނަ ”ބިޅިފޭށި“ ހުސް ބިމުގައި ކަމަށެވެ.
”ބިޅިފޭށިގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމަށާއި، އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފަންޑިން ނުވަތަ އިންވެސްޓަރުން ހޯދުމަށެވެ. މި ސަރަހައްދު ތަރައްގީ ކުރުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ވިސްނުމާ އެއްގޮތަށް މިހާރުވަނީ ކޮންސެޕް ޑްރޮއިން ވެސް ހަދާ ނިމިފައެވެ. ކޮންސެޕް ޑްރޮއިންގްގައި ވާގޮތުގެ މަތިން 108 ގެސްޓް ރޫމް މި ސަރަހައްދުގައި އެޅިގެން ދާނެއެވެ،،“ އާރްއޭސީއެލުން ބުންޏެވެ.
އެ ބިމަކީ މިހާރު އެއްވެސް ކަމަކަށް ބޭނުންކުރާ ބިމެއް ނޫން ކަމަށާއި އާރްއޭސީއެލްގެ މަގްސަދަކީ އެ ބިމުގައި ފުވައްމަލަކު މީހުންނަށް މަންފާވާނެ މަޝްރޫއެއް ކުރިއަށް ގެންދިޔުންކަމަށް އާރްއޭސީއެލުން ބުންޏެވެ. އެފަދަ މަޝްރޫއެއް ހިންގުމުގެ ސަބަބުން އެ ރަށުގައި މިހާރު ހިންގަމުންދާ ގެސްޓްހައުސްތަކަށް އިތުރު ކުރިއެރުން ލިބި ފުވައްމުލަކު ދުނިޔޭގައި މާކެޓް ވެގެންދާނެކަމަށް އާރްއޭސީއެލުން ބުންޏެވެ. އެކަމުގެ ސަބަބުން ފުވައްމުލަކަށް އިގްތިސޯދީ ކުރިއެރުން ލިބި ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
އަދި ބުނީ އެ މަޝްރޫއުގެ ސަބަބުން ފުވައްމުލަކު އެއާޕޯޓުގައި ފުލައިޓް މޫވްމެންޓްސް އިތުރު ވެގެންދާނެ ކަމަށެވެ.




ގުޅުންހުރި
ޓޫރިޒަމްގެ ކޮންޓްރޯލު އޮތީ ބޭރު މީހުންގެ އަތްމަތީ، ޑޮލަރު ހަރުނުލަނީ އެހެންވެގެން:
ފެނަކައިން ފުވައްމުލަކުގައި ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައި، ސަރުކާރުން ބުނަނީ ހަ ގަޑިއިރުތެރޭ ހައްލުކޮށްދޭނެ ކަމަށް
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު