ފުލުހުން އާރްޑީސީއާ ގުޅޭގޮތުން ބަލަމުންދާ ހިޔާނާތުގެ މައްސަލައާ އޭނއާާ ގުޅުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެކަން އެގޮތަށް ކުރެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އަރިހުގައި އެދިވަޑައިގަތުމުންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އާރްޑީސީއާ ދެކޮޅަށް ފުލުހުން ބަލަމުންދާ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ފައްޔާޒު މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒު ވިދާޅުވީ ފުލުހުން އޭނާއާ ސުވާލުކުރީ 2022 ވަނަ އަހަރުގެ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކުރި އޭނާގެ މާލިބަޔާނަކާ ގުޅިގެން ކަމަށެވެ. އެއީ އެ ދުވަސްވަރު އޭނާއާ ގުޅުން އޮންނަ ކުންފުންޏަކުން ނަގާފައިވާ ލޯނެއްގެ މައުލޫމާތު މާލީ ބަޔާނުގައި ހިމަނާފައިވުމުންކަމަށް ފައްޔާޒު ވިދާޅުވިއެވެ.
”އަޅުގަނޑާ ފުރަތަމަ ކަމަކަށް ބެހޭ ކަމެއް ވެސް ނޫން. އެ ގުޅުވަން މަސައްކަތް މި ކުރައްވަނީ ރައީސް މުއިއްޒުގެ ރިކުއެސްޓުގެ މަތިން ހެޕީ މާކެޓު އިހުސާން ކުރާ ކަމެއް މިކަމަކީ. އެހެން ނަމަވެސް ވަރަށް ސާފުކޮށް އޮތް ކަމެއް. ހާމަކޮށްފައި އޮތް ކަމެއް ބޮޑު ކަންތައްގަނޑަކަށް ހަދައިގެން ރައްޔިތުންގެ މެދުގައި އަޅުގަނޑުމެންގެ އަބުރު ކަތިލަން ކުރިކަމެއް،“ ފައްޔާޒު ވިދާޅުވި އެވެ.
ތާކުންތާކު ނުޖެހޭ މައްސަލައެއްގައި އޭނާ ފުލުހަށް ހާޒިރުކުރީ ސިޔާސީ ބޭނުމެއްގައި އަނބުރު ކަތިލާލުމުގެ މަގުސަދުގައިކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފުލުހަށް ހާޒިރުކޮށްގެން ދެއްކޭނެ ބިރެއް ނޯންނާނެ ކަމަށާއި އޭނާ ބިރު ނުގަންނާނެކަން ފުލުހުންވެސް ދަންނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ ގާނޫނޫ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ އާރްޑީސީގެ ހިޔާނާތާ ފައްޔާޒާ ގުޅުމެއްވާކަން ފުލުހުން އަންގާފައިނުވާ ކަމަށެވެ. އަދި ފައްޔާޒަށް ތުހުމަތުވާ ޖިނާއީ ކަމެއް ނެތްކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ގުޅުންހުރި
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު ހާމަކުރައްވައިފި
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް