ސްޓެލްކޯއިން މި އަހަރު ހައްޖު އަދި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފިއެވެ.
ސްޓެލްކޯ ބުނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ހައްޖު އަދި އުމްރާއަށް ފޮނުވާނެ މުވައްޒަފުން ހޮވާފައިވަނީ ގުރުއަތު ނަގައިގެން ކަމަށެވެ.
ސްޓެލްކޯ ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ހުޅުވައިލި ފުރުސަތުގައި 116 މުވައްޒަފަކު ކުރިމަތިލިއިރު އޭގެ ތެރެއިން 98 މުވައްޒަފުންގެ ޝަރުތު ހަމަވާ ކަމަށެވެ. އުމްރާގެ އަޅުކަމަށް ކުރިމަތިލި 263 މީހުންގެ ތެރެއިން ޝަރުތު ހަމަވީ 254 މުވައްޒަފުންކަމަށް ސްޓެލްކޯން ބުންޏެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވުނު މުވައްޒަފުން:
އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ
މުހައްމަދު އާރިފު – ރިނިއުބަލް އެނާޖީ ޑިޕާޓްމެންޓް
ހަދީއްޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމެންޓް
ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވުނު މުވައްޒަފުން:
އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ
މުހައްމަދު އާދިލް – ކ. ކާށީދޫ އިންޖީނުގެ
އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ
އެ ކުންފުނިން ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ސްޓެލްކޯގެ ފަރާތުން ފޮނުވަނީ އެ ކުންފުނީގައި މަސައްކަތްކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވީ މުވައްޒަފުންގެ މެދުގައި ގުރުއަތު ނަގައިގެން ކަމަށެވެ. އަދި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ކުންފުންޏަށް ހިދުމަތް ކުރާ މުވައްޒަފުންނަށް އުމްރާގެ އަޅުކަމަށް ކުރިމަތިލެވޭނެ ކަމަށެވެ.
ސްޓެލްކޯ ބުނި ގޮތުގައި މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު އެ ކުންފުނިން ދީފައިވަނީ އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފަކަށް އެކަނި ކަމަށެވެ. އެކަމަކު، އެ ޕޮލިސީ ބަދަލުކޮށް މި އަހަރު ވަނީ ހައްޖުގެ އަޅުކަމާއި އުމްރާއަށް ވެސް ދެ ފިރިހެންނާއި އެއް އަންހެން މުވައްޒަފަކު ހޮވާފައިކަމަށް ސްޓެލްކޯން ބުންޏެވެ.

ގުޅުންހުރި
ގްރޭޓާ މާލެ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި:
ހައްޖަށް ދާ މީހުންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން
އެޕްރީލްގެ ކަރަންޓު ބިލު ކުޑަވީ ހޫނު މަހަކަށްވުމުން ދިން ޑިސްކައުންޓްގެ ސަބަބުން:
ދަނގެތީގެ އާ އިންޖީނުގެ ހަދަން 14.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި
ސްޓެލްކޯގެ ސްކޮލާޝިޕްތަކުގެ މައުލޫމާތު ދިނުމަށް ސެޝަންތަކެއް ބާއްވަނީ
މެއިންޓަނެންސް މަސައްކަތަކަށް ހިޔާގެ 4 ޓަވަރަކާއި އެމްޕީއެލްގެ ޓަވަރުތަކުން މާދަމާ ކަރަންޓް