ދަރުމައާއި ސަވާބަށް އެދި ރޯދަ ހިފަމުން އަންނަ ލޮބުވެތިމުސްލިމުންނޭވެ! ކުރިޔަށް އޮތީ ފަހުދިހައިގެ ރޭތަކެވެ. އަޅުކަމުގައި ހީވާގިވެފޫގަޅާލާށެވެ! ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސް ތަކާއި ރޭތަތަކީ މަދު ވަގުތުކޮޅެކެވެ. އެހެނަސް އެއީ އަޖުރުގެ ޚަޒާނާ ފުރާލަން ލިބޭ ވަރަށް ފުރިހަމަފުރުޞަތެކެވެ.
މި ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިތްޕެވުމަށް އިރުތުމާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވެސް އެކަލޭގެފާނުގެ އިޒާރުކޮޅުގަދައަށް އައްސަވައި ލައްވައެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَر رواه البخاري (2024)، ومسلم (1174) ރަމަޟާން މަހުގެ ފަހުދިހަޔާ ބައްދަލުވާ ހިނދު ނަބިއްޔާصَلَّى اللهُ عَلَيْهِ وَسَلَّم ފަހުދިހައިގެ ރޭތަށް ދިރުއްވައި ރޭއަޅުކަމުގައިއިތުރަށް ހީވާގި ވެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ އަހުލުންއަވަހާރަފުޅުން ނަންގަވައި އަޅުކަމުގައި މަޝްޣޫލު ކުރައްވައެވެ. އަދިއެކަލޭގެފާނުގެ އިޒާރުކޮޅު އުނަގަނޑުގައި ގަދައަށް އައްސަވައިލައްވައެވެ.“
މި ޙަދީޘްފުޅާ މެދު ابن باز -رحمه الله- ވިދާޅުވެފައި ވެއެވެ. ”ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ފަހުދިހައިގެ ރޭތަކުގައި، އޭގެ ކުރީ 20ވިހި ދުވަހަށްވުރެ ބޮޑަށް އަޅުކަމުގެ ކަންކަމައިގެން އުޅުއްވައެވެ. އެކަލޭގެފާނުގެޞަޙާބީންގެ އަމަލުފުޅުތައް ވެސް ހަމަ އެފަދައެވެ. އަދި މި އުންމަތުގެ ސަލަފުއްޞާލިޙުންގެ ކިބައިން ވެސް ފަންނާން އޮތީ އެ ނަމޫނާއެވެ. އެ ދިހަ ދުވަހާއި ދިހަ ރޭގައި އެކިއެކި އަޅުކަމުގައި މުރާލިކަމާ އެކު މަސައްކަތްޕުޅު ކުރައްވައެވެ.”
ދެން އޮތީ އަޅުގަނޑުމެންގެ ވާހަކައެވެ. އަނެއްކާ ވެސް ރަމަޟާންމަހެއްގެފަހުދިހައަކާ ބައްދަލުވާއިރު ވާންޖެހޭ ނަފުސުގެ ތައްޔާރީގެ ވާހަކައެވެ. މީގެ ކުރީއަހަރުތަކުގައި މި ދުވަސްތައް ހޭދަކުރެވުނީ ކިހިނެތްތޯ ބަލައި، މި އަހަރުގެ މިފުރުޞަތު، ފުރިހަމައަށް ޣަނީމާ ކުރެވޭނެ ގޮތްތައް ހޯދުމެވެ. މަތީގައިބަޔާންވެގެން އެދިޔަ ފަދައިން އެ ދިހަ ދުވަހު އަޅުކަމުގައި ހީވާގިވާން އެދޭނަމަ، ކަމަރު ބަންނަންވީ މިއަދުއެވެ. ފަރުޟު ނަމާދުތަކާ އެކު، ސުންނަތްނަމާދުތަކަށް ވަގުތު ހުސްކުރާށެވެ. ޤުރްއާން ކިޔެވުމުގައި ހީވާގިވާށެވެ! ﷲދެއްވި މުދަލުން އެ އިލާހު ރުހިވޮޑިގެންވާ ގޮތަށް އެކަލާނގެ މަގުގައި ހޭދަކުރުމަކީއާދައެއް ކަމުގައި ހަދާށެވެ.
ފަހު ދިހައިގެ ރޭތަކުގެ އެންމެ މުހިއްމު އެއް ކަމަކީ ރޭއަޅުކަމެވެ. ތަހައްޖުދުނަމާދެވެ. ނުވަތަ ޤިޔާމުއްލައިލިއެވެ. ރަމަޞާންމަހުގެ ރޭތަކުގައި ދަރުމަޔާއިސަވާބަށް އެދި ރޭއަޅުކަންކުރާ ނަމަ އެ މީހެއްގެ ފާފަ ފުއްސަވާނޭ ކަމަށްހަދީޘްފުޅުގައި ވެއެވެ. عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ”مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ“ [رواه البخاري (37)، ومسلم(759).] މާނައީ: އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ”އީމާންކަމާ އެކު ސަވާބާއި ދަރުމައަށް އެދިރަމަޟާންމަހުގައި ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައްފުއްސަވާނެތެވެ.”
ރޭތަކުގެ ތެރެއިން އެންމެ މާތް ރޭ ކަމުގައިވާ ލައިތުލްޤަދްރި ވެސް ވަނީރަމަޟާންމަހުގެ ފަހުދިހައިގެ ތެރޭގައެވެ. އެރޭގެ ހެޔޮކަމަކީ އެއްހާސް މައްސަރުގެހެޔޮކަމަށްވުރެ އިތުރު ވެގެންވާ ހެޔޮކަމެކެވެ. މުޅި އެރޭ ފަޖުރު ވެއްޖައުމަށްދާންދެން ބަރަކާތް ލިބިގެން ވެއެވެ. އެ ރެއަކީ ކޮން ރެއެއް ކަންމީސްތަކުންނަށް ވަނީ ވަންހަނާވެގެންނެވެ. އެނގޭ މިންވަރަކީރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި އެރޭ އޮންނާނޭ ކަމެވެ.
ލައިލަތުލްޤަދްރި ހޯދުމަށް ފަހުދިހައިގެ ރޭތައް އަޅުކަމުގައި ހޭދަކުރާއިރުދޫތަކުން ތަކުރާރުކޮށް ކުރަންވީ ދުޢާއަކީ ”اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ، فَاعْفُ عَنِّيْ“ މި ދުޢާއެވެ. އޭގެ މާނައީ: ”ޔާ ﷲއެވެ، އިބައިލާހީޢަފޫކުރެއްވުމަށް ލޯބި ކުރަށްވާ އިލާހެވެ. މި އަޅާގެ ފާފަތަށް ޢަފޫކުރަށްވާނދޭވެ!“ މިއެވެ.
ފަހުދިހައިގެ ރޭތަށް އިޙްޔާކުރުމަށް ޓަކައި ކަމަރު ބަންނަމާ ހިނގާށެވެ! ދުނިޔެވީ ކަންކަން މި ދުވަސްކޮޅު މަދުކުރަމާ ހިނގާށެވެ. އަޅުކަމުގެ ފޯރިތިމާއާއި ތިމާގެ ވަށައިގެންވާ މީހުންގެ ހިތްތަކުގައި އަށަގަންނަވަމާ ހިނގާށެވެ. ރޭތައް އިޙްޔާކޮށް ދިރުވަމާ ހިނގާށެވެ. ލައިލަތުލްޤަދްރި އެދިގެން މަސައްކަތްކުރަމާ ހިނގާށެވެ. އުއްމީދާ އެކު މަސައްކަތްކުރާ އަޅުންނަށްކާމިޔާބުވާނެއެވެ.
ގުޅުންހުރި
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
ހައްގަކާ ނުލައި، ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމް
މަސްލަހަތެއް ނެތް ނަމަ، ހަނު ހުންނާށެވެ. އަނގަދަ ނުކޮށް ބޭކާރު ވާހަކަތައް
އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާންމުވެއްޖެ ތަނެއް މާތް ﷲ
ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލު
މާތް ﷲ، އެކަލާނގެއަށް ޝަރީކު ކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ.