އެ މަނިކުފާނު މިނިވަން ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް އެ މަނިކުފާނު މިނިވަން ކުރަން ރައީސް މުއިއްޒު އެއްވެސް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ މަނިކުފާނުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، މިއަދު ވެސް ކެމްޕެއިން ބައްދަލުވުންތަކުގައި ރައީސް މުއިއްޒާ ރައްޔިތުން ސުވާލު ކުރަނީ އެ މަނިކުފާނު މިނިވަން ނުވެ ހުރި ސަބަބާ ގުޅޭ ގޮތުން ކަމަށެވެ.
”މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފައި ހުރި ގޮތުން ވެއްޖިއްޔާ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ،“ ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ތަކުރާރުކޮށް، ޝަރުއީ ނިޒާމާއި ގުޅޭ ގޮތުން ސަރުކާރުން ވާހަކަ ދައްކަންޖެހޭނެ ސަބަބެއް ވެސް އޮންނާނެ ކަމަށާއި އެކަމުން ރައްޔިތުން ދެނެގަންނަން ޖެހޭ މެސެޖެއް ވެސް ވާނެ ކަމަށެވެ.
”އެހެންވީމަ އަޅުގަނޑަށް މި ވިސްނެނީ އެކަކުވެސް އެތާކު ބޭނުމެއް ނުވޭ ވެރިގެން ތެރެއިން އަޅުގަނޑުވީއްލޭކަށް، މިނިވަންވާކަށް ބޭނުންވާ މީހުންނެއް ނޫނޭ އެތާންގަައި ތިބީއެއް،“ ޔާމީން ވިދާޅުވި އެވެ.




ގުޅުންހުރި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ