ޖުލައި 2, 2024

ހަފްތާ ބަދިގެ: ބަނާނާ ކެރަމަލް ޑިލައިޓް

ބޭނުންވާ ތަކެތި

– ކްރަސްޓް ތައްޔާރުކުރުމަށް:

  • 1 ޕެކެޓް މާރީ ބިސްކޯދު (ފުނޑު ކޮށްފައި)
  • 2 މޭޒުމަތީ ސަމުސާ ބަޓަރު

– ފިލިން ތައްޔާރުކުރުމަށް:

  • ¾ ޖޯދު ބްރައުން ޝުގާ
  • 1/3 ޖޯޑު ހަކުރު
  • 2 މޭޒުމަތީ ސަމުސާ ބަޓަރު
  • 1 ދަޅު ކްރީމް
  • 4 ވަށް ދޮންކެޔޮ (ފޮތިކޮށް ކޮށާފައި)

– ޓޮޕިން ތައްޔާރުކުރުމަށް:

  • 1 ޖޯޑު ވިޕިންގް ކްރީމް ( ވިޕް ކޮށްފައި)
  • 2 މޭޒުމަތީ ސަމުސާ އައިސިންގ ޝުގާ
  • 2 ސައިސަމުސާ ވެނީލާ އެސެންސް
  • 1 ޕެކްޓް ވެނީލާ ޕުޑިން

ތައްޔާރުކުރާނެ ގޮތް

ކްރަސްޓް ތައްޔާރުކުރުމަށް ބަޓަރު އަދި ބިސްކޯދުތައް އެއެކޮށްލުމަށްފަހު ޓްރޭއެއްގެ ފުލުގައި ފަތުރާލާށެވެ. އެއަށްފަހު މީގެ މަތީގައި ދޮންކެޔޮ ސްލައިސްތައް ފަތުރާލާށެވެ.

ތަވައަކަށް ބްރިއުން ޝުގާ، ބަޓަރު އަދި ހަކުރު އެޅުމަށްފަހު ހަކުރުކޮޅު ދިޔާކޮށްލާށެވެ. ދެން މީގެ ތެރެއަށް ކްރީމް ދަޅު އަޅައި އެއްކޮށްލާށެވެ. ދެން މި ކްރީމް ގަނޑު ދޮންކެޔޮ ސްލައިސްތަކުގެ މަތީގައި ފަތުރާލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ވިޕްޑް ކްރީމް، އައިސިން ޝުގާ، ވެނީލާ އެސެންސް އަދި ވެނީލާ ޕުޑިން އެއްކޮށްލާށެވެ. ދެން މި ކްރީމްގަނޑު ކުރިން ތައްޔާރުކުރި ޓްރޭގެ މަތީގައި ފަތުރާލާށެވެ.

އެއަށްފަހު މި ޓްރޭ ފިނިކުރުމަށް ފްރިޖްގައި ބަހައްޓާލާށެވެ.