ނޮވެމްބަރ 22, 2024

މަޝްރޫއުތައް ހުއްޓާލި ވާހަކައަކީ ދޮގެއް، މިހާރުވެސް 527 މަޝްރޫއެއް ކުރިއަށް އެބަދޭ: ރައީސް

ކުރީ ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދަން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހަދަމުން ގެންދަނީ ދޮގު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް 2ގެ ހިޔާ ޕާކުގައި މިރޭ ބޭއްވި ޕީއެންސީގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރީންވެސް އެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. މަޝްރޫއުތައް ހުއްޓިފައި ހުރީ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ކަމަށާއި އެގޮތުން ދޭންޖެހޭ ނުވަ ބިލިއަން ރުފިޔާ މި ސަރުކާރުންދީ މަޝްރޫއުތަކުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ހުއްޓިފައިވާ މަޝްރޫއުތަކުގެ ތަފާސްހިސާބު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ:

  • ހުއްޓިފައި ހުރި ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް އަލުން ފަށާފައި
  • ބަނދަރު ހެދުމާއި ތޮށި ލުމާއި އަދި ބިން ހިއްކުމުގެ 30 މަޝްރޫއުއެއް އަލުން ފަށާފައި
  • އެ މަޝްރުއޫ ތަކާއެކު 90 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދޭ
  • ހުއްޓިފައި އޮތް މަގެ ހެދުމުގެ 17 މަޝްރޫއެއް އަލުން ފަށާފައި
  • އެއާޕޯޓް ހެދުމުގެ ހަތް މަޝްރޫއެއް އޮތީ ހުއްޓިފައި
  • ހުއްޓިފައި އޮތް ކުޅިވަރު ދަނޑުތައް ހެދުމުގެ 84 މަޝްރޫއުގެ ތެރެއިން 46 މަޝްރޫއެއްގެ ފަށާފައި
  • މިސްކިތް ހެދުމުގެ 20 މަޝްރޫއެއް އޮތީ ހުއްޓިފައި
  • އެ މަޝްރޫއުތައް ހިމެނޭހެން 42 މިސްކިތް ހެދުމުގެ މަޝްރޫއުއެއް ވަނީ ފަށާފައި
  • ހުއްޓިފައި ހުރި ތައުލީމީ ދާއިރާގެ 90 މަޝްރޫއެއް ހިމެނޭ ގޮތަށް 217 މަޝްރޫއެއް އަލުން ފަށާފަިއ
  • ތައުލީމީ ދާއިރާގެ 217 މަޝްރޫއެއް
  • 11 ރަށެއްގައި 220 ހައުސިން މަޝްރޫއުތައް ފަށާފައި

 

”527 މަޝްރޫއު މި ދެންނެވި ހުރިހާ ދާއިރާއަކުން އެކަނި ރާއްޖޭގެ އެކިކަންކޮޅުތަކުގެ މިހާރު އެބަ ހިނގާ“ ރައީސް ވިދާޅުވި އެވެ.