ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމަކީ މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ފަދަ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ގެދޮރުގެ މައްސަލަ ހައްލުކުރުމުގައި ނަގަންޖެހޭ ލޯނުތަކާއި ފާސްކުރަންޖެހޭ ގާނޫނުތައްވެސް އެބަހުރި ކަމަށެވެ.
އެމްޑީޕީން މިހާރުވެސް ދަނީ ސަރުކާރުގެ ހިންގުމަށާއި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމަށް މަޖިލިސް ތެރެއިން ހުރަސް އަޅަމުން ކަމަށާއި އެފަދަ ބަޔަކަށް މަޖިލިސް ދިނުމަކީ ރަނގަޅުކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”މިދިޔަ ހަތަރު މަސް ތެރޭގައި މަޖިލިސް ބޭނުންކޮށްގެން ސަރުކާރަށް އެކި ކަންކަމުގައި ހުރަސް ކުރިމަތި ކުރި ގޮތަށް ފަސް އަހަރު އެމްޑީޕީއަށް ދީގެން މާލެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމެއް އެއީ. އަޅުގަނޑަށް ޔަގީން މާލޭގެ ރައްޔިތުން ބޭނުންވާނީ މާލެއަށް ބޭނުންވާ ގޯތިގެދޮރުގެ މައްސަލަ ހައްލުވާންކަން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ސަރުކާރަށް ކޮށްދެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ. އަދި ރާއްޖޭގެ ނިޒާމު ބައްޓަންވެފައި ވަނީ މަޖިލީހާ ނުލައި ސަރުކާރު ހިންގޭ ގޮތަކަށް ނޫން ކަމަށާއި އެހެންކަމުން ހުރިހާ މީހުން އެކަތިގަނޑަކަށްވެ މަޖިލިސް ކާމިޔާބުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ހުރިހާ މަސައްކަތެއް ހުއްޓުވުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށާއި އަދި ސަރުކާރަށް ދުއްތުރާކުރުމުގެ ފުރުސަތުވެސް މަޖިލިސް ތެރެއިން ލިބިގެންދާއިރު، ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓުލާއިރު އެކަންކަމަށް ވިސްނަންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
ސުޖާއުގެ ނަމުގައި 9.5 މިލިއަން ރުފިޔާގެ އަގުހުރި ބިމަކާއި 7 މިލިއަން
އަބްދުއްރަހީމަށް އަހަރެއް ތެރޭ މިލިއަނެއްހާ ރުފިޔާގެ ހަދިޔާ ލިބިވަޑައިގެންފި
ވެރިކަމުގެ ދައުރު ދަންމާލުމާ ގުޅޭ ބިލު ދިރާސާކުރާ ކޮމިޓީ ސިއްރު!
ޝީ ޖިންޕިންއާ ރައީސް ބައްދަލުކުރައްވައިފި، މަޝްވަރާކުރީ ގުޅުން ހަރުދަނާކުރަން
މީ 100 ޕަސަންޓް ޕްރޯ މީޑިއާ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ތިން މެމްބަރުން ތިބެން ރައީސް ބޭނުންފުޅެއް ނުވޭ: ޚަލީލް