ސަރުކާރުން ވަރަށް އަވަހަށް ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓުގެ މަޝްރޫއެއްގެ މަސައްކަތް ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭދަފުށި ދާއިރާއަށް މިފަހަރު ވެސް ވާދަކުރައްވާ އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރަކު ކުރައްވަން ޖެހޭ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާ މެމްބަރުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ދެވަނަ ވިސްނުމަކަށް އޭދަފުށި ދާއިރާގެ ރައްޔިތުން ދާން ނުޖެހޭނެ ކަމަށާއި ސަރުކާރުން ވަނީ އޭދަފުށި ގިނަ ވައުދުތަކެއް ވެވަޑައިގެންފައި ކަމަށެވެ.
ރައީސް ވިދާޅުވީ އެ ވައުދުތައް ފުއްދޭނީ ސަލީމު މަޖިލިސްއަށް އިންތިހާބު ކުރައްވައިގެން ކަމަށެވެ.
”ސަލީމްގެ އިސްނެގެމުގެ މަތިން މިހާރު އިނީޝިއަލް މަސައްކަތައްތައް ހިނގަމުންދާ ގޮތަށް ދާއިރުގަ ދާދި އަވަަހަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ހުރިހާ ހުއްދައެއް އަޅުގަނޑުމެން ދީ ވަރަށް އަވަހަށް އޭދަފުށީގަ 1،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފަށާނަން“ ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ އޭދަފުށި އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަންވެސް ނިންމާފައިކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން ފަށައިފައިވާ އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ސަރުކާރަށް އެއްބާރުން ދޭނެ މަޖިލިސް މެމްބަރުންތަކެއް އިންތިހާބު ކުރައްވައިގެން ކަމަށެވެ.
މަޖިލިސް ތެރެއިން މިހާރުވެސް ދަނީ ސަރުކާރުން ކުރަން ނިންމާ ކަންކަމުގެ ތެރެއަށް ވަދެ ޖެއްސުންކޮށް، ހުރަސްތައް އަޅަމުންކަމަށް ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް