ހޮލީވުޑްގެ ތަރިން ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކް ލޮސް އެންޖެލިސް އިން އާ ގެއެއް ގަނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖޭލޯ އާއި ބެން ގަން ގެއަކީ އޭޝިއާގެ އެންމެ މުއްސަނދި މީހާ, މުކޭޝް އަމްބާނީގެ އަންހެން ދަރިފުޅު އިޝާ އަމްބާނީގެ ގެއެކެވެ. އެ ގެއަކީ 2022 ވަނަ އަހަރު އިޝާ އަމްބާނީ ބަލިވެ އިން ދުވަސްވަރު މަންމަ ނީތާ އަމްބާނީ އާއެކު ދިރިއުޅުނު ގެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބެވަލީ ހިލްސް ސަރަހައްދުގެ 5.2 އޭކަރުގެ ބިމެއްގައި ހަދާފައިވާ 38,000 އަކަ ފޫޓުގެ އެ ގެ ޖޭލޯ އާއި ބެން ގަނެފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި 61 މިލިއަން އެމެރިކާ ޑޮލަރަށެވެ.
އެ ގޭގައި 12 ބެޑްރޫމާއި 24 ފާހާނާ ހިމެނޭއިރު ފުރިހަމަ ޖިމަކާއި ސްޕާއަކާއި ސެލޯން ޖާގަތަކުގެ އިތުރުން އިންޑޯ ބެޑްމިންޓަން ކޯޓަކާއި 155 ފޫޓުގެ އިންފިނިޓީ ޕޫލެއްވެސް ހަދާފައިވެ އެވެ.



ގުޅުންހުރި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް
ހާލަތު ބަލަން ގޭގެއަށް ދިއުމަކީ ކަރަޕްޝަންގެ ތެރެއަށް ހިނގައިދާނެ ކަމެއް: މުއްތަލިބު
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް
ޕީސީއާރް ޓެސްޓިންގެ ހިދުމަތްދީ، ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރަކަށް