އއ. ރަސްދޫ މިސްކިތެއްގެ ފާހާނާ ތެރޭ ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރި މައްސަލަ ބަލަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ޓީމެއް އެ ރަށަށް ގޮސްފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްދޫގައި މި ވަގުތު ހަރަކާތްތެރިވަމުން ދަނީ ފުލުހުންގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ރޭ އާންމުވެފައިވާ ކުޑަކުއްޖާއަށް އަނިޔާކުރާ ވީޑިއޯއަކީ ކޮންއިރެއްގެ ވީޑިއޯއެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ނަމާދު ކުރަމުންދިޔަ ވަގުތެއްގައިކަން ވީޑިއޯ އިން އިނގެ އެވެ.
ފުލުހުން ބުނި ގޮތުގައި އެކަމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެކެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށްވެސް ފުލުހުން ރޭ ބުންޏެވެ.




ގުޅުންހުރި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ