ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.
ދެހާސް ނަވާރަވަނަ އަހަރު ވުޖޫދަށް ގެނައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ)ގައި މިހާރު ބުނަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، އުމުރުން 15 އަހަރެވެ.
ރަސްދޫގެ މިސްކިތެއްގެ ފާހާނާ ތެރޭ ދެ ކުޑަކުއްޖަކު ވެގެން އެހެން ކުއްޖަކަށް ގަނާކޮށް، ގޯނާކުރި މައްސަލައާ ގުޅިގެން ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށްޓަކައި ވަޒީރުންގެ މައްޗަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއެއް ވަނީ އެކުލަވާލައިފަ އެވެ.
އެ ޓާސްކްފޯސްގެ ފަރާތުން އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އުޝާމް ވިދާޅުވީ ގާނޫނުއަސާސީގެ 33 ވަނަ މާއްދާ އިން ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަމަށެވެ. އެހެންވެ، 2019 ވަނަ އަހަރު ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ގާނޫނެއް ފާސްކުރެވި 2020 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ބޭނުންވާ ކަމަށާއި ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު ހަގު ކުރުމަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށެވެ. އަދި ކުޑަކުއްޖަކު ބަންދު ކުރަންޖެހިއްޖެ ނަމަ އޮންނަ ގާނޫނީ އިޖުރާއަތު މިހާރު އޮތީ އެހާ ސާފުކޮށް ނޫން ކަމަށާއި އެގޮތުން ކުޑަކުއްޖާ ބަންދު ކުރުމުގެ އަމުރު ނެރެންޖެހޭ ކޯޓުގެ ހިލާފެއް ވެސް އުޅޭ ކަމަށް ވިދާޅުވި އެވެ.
”ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލު ކުރަން ސަރުކާރުން މިހާރު މި ވަނީ ނިންމައިފަ،“ އުޝާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އީދު ބަންދަށްފަހު ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ. އޭރުން، މަހެއްގެ ތެރޭގައި އިސްލާހުތައް ފާސްކުރެވިއްޖެ ނަމަ، އެ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.




ގުޅުންހުރި
ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލެ އިންޖީނުގެއަށް އިތުރު ޖެންސެޓެއް!
ހުޅުމާލެ 3 ހިއްކަން ހަވާލުވާން އެމްއޭސީއެލް އިން އަނެއްކާވެސް އާ ކުންފުންޏެއް!
ބަޖެޓުގައި ތަފްސީލު ނެތް މައްސަލައިގައި ޒަމީރު: އެއީ ރައްޔިތުންގެ ފައިދާއަށް!
ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލަ: އިތުރު ތިން މީހަކު ހައްޔަރުކޮށްފި
ސައީދަށް ”ދުއްޕާނަކަށް“ވީ އެއާޕޯޓު މިހާރު ތަރައްގީގެ ނާރެހަކަށް!
އޭސީޕީ ޝިފާންގެ މައްސަލަތައް ކަމަށްބުނާ ރެކޯޑުތަކެއް ލީކުވުމުން ފުލުހުންނަށް އޭނާގެ ބޮޑު