ރާއްޖެއަށް މިރޭ ޝައްވާލު މަހުގެ ހަނދު ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދަކީ ރާއްޖެއަށް ރޯދަމަހުގެ 29 ވަނަ ދުވަހަށްވާތީ ޝައްވާލް މަހުގެ ހަނދު ފެނޭތޯ ބެލުން އޮންނާނެ އެވެ. އެ ޖަލްސާ މިރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ އެވެ.
އޭގެ ކުރީން މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށެވެ. އަދި މާދަމާ ވެގެންދާނީ ރޯދަ މަހުގެ 30 ވަނަ ދުވަހަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އިސްލާމީ ޝަރުއީ ހަމައަކީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި އާ ހަނދު ފެނުމުން އަނެއް މަސް ފެށުނީ ކަމަށް ބެލުމެވެ. ނުވަތަ އެރޭ ހަނދު ނުފެނިއްޖެ ނަމަ އެ ހިނގާ މަހުން 30 ދުވަސް ހަމަކުރުމަށް ފަހު އަނެއް މަސް ފެށުމެވެ.
އެހެންވެ މިއަދު ހަނދު ފެނިއްޖެ ނަމަ ރަމަޟާން މަސް އެ ހިސާބުން ނިމި އަނެއް ދުވަހަކީ ޝައްވާލް މަހުގެ ފުރަތަމަ ދުވަހެވެ. މާނައަކީ މާދަމާ ވާނީ ފިތުރު އީދަށެވެ.

ގުޅުންހުރި
ރައީސްގެ ތަސައްވުރު: އެމްއެންޑީއެފްގައި އެއާފޯސްއަކާއި ނޭވީއަކާއި އާމީއެއްވެސް އުފެއްދުން!
ސިފައިންނަށް ވަސީލަތް ހޯދައިދޭތީ މަލާމާތްކުރާ މީހުނަށް ރައީސްގެ ރައްދު: ތިއީ ގައުމީ
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!