އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގުވާމީ ޖަމިއްޔާ ކަމަށްވާ މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ޑރ. ޝަހީމް އެ މަގާމަށް ހަމަޖެއްސެވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމުލް އީސާ ކަމަށެވެ.
މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ އެ ޖަމިއްޔާގެ އެންމެ މަތީ މަޖިލީހެވެ. އެވެ. އެ ޖަމިއްޔާގެ ހެޑް އޮފީސް ހުންނަނީ މައްކާގަ އެވެ.
ޝަހީމް އެ މަގާމަށް ހަމަޖެއްސެވި އިރު، އޭނާއަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ތެރޭގައި ވެެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މީގެ އިތުރުން ޝަހީމް ވަނީ 2019-2021 އަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން ކުރައްވައިފަ އެވެ. އަދި އޯއައިސީގެ ވޮއިސް އޮފް ވިޒްޑަމް ސެންޓަރުގެ އިންޗާޖުކަމާއި އޯއައިސީން ތައްޔާރުކުރި އިސްލާމިކް އިންސައިކޮލޮޕީޑިއާ އެކުލަވާލުމުގައި ވެސް އޭނާ ވަނީ ވިލަރެސްކުރައްވައިފަ އެވެ.

ގުޅުންހުރި
ފަޅަށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑުގެ 33 ފޫޓު އަޑިން ފެނިއްޖެ
ރިސޯޓެއްގެ ފުއްޓަރު ފަރާތަށް ފީނަން އެރި އުޅުނު އެމެރިކާގެ ޓޫރިސްޓަކު މަރުވެއްޖެ
ޑިންގީ އެއްގައި ދަތުރުކުރަން ނުކުތް ޒަކަރިއްޔާ އަދިވެސް ނުފެނޭ
ކަޅު ބާޒާރުގައި ޑޮލަރު އަގު 20 އަރައިފި
ޒުވާނުންނަށް ކުރާ ހޭދަ އިތުރުކުރަން ރައީސް ގޮވާލައްވައިފި