ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ރާޅުގަނޑު ސަރަހައްދުގައި ބާއްވަން ނިންމައި، އެތަނަށް އެއްވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީން) ހުއްދަ ދިނުމާއި ގުޅިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފުރަތަމަ ބާއްވަން ނިންމީ ރޭގަ އެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ޖަލްސާ މިރެއަށް ފަސްކުރި އެވެ.
މިރޭ 09:00 ގައި ޣިޔާސުއްދީން ސުކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ހުރިހާ ތައްޔާރީއެއްވެ، ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް އައިސް ބައިވެރިންނަށް ޖަލްސާ ހޯލަށް ނުވަދެވޭ ގޮތައް ސުކޫލުގެ ގޭޓު ބަންދުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ޖަލްސާއަށް އެ އިދާރާ އިން ހުރަސް އެޅީ އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދިޔައީ ހުއްދަ ދެވިފައިނުވާ އެއްވުމެއް ކަމަށް އެ ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް އެންގުމުން، އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރި ކަމަށް އެދުމުން ކަމަށެވެ.
އެކަމާ ގުޅިގެން ޕީއެންއެފްގެ ޖަލްސާ މިހާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ރާޅުގަނޑު ސަރަހައްދުގަ އެވެ. އެތަނުގައި އެއްވެސް އަލިކަމެއް ނެތްއިރު، ޖަލްސާގެ ބައިވެރިން ތިބީ ފޯނުގެ ލައިޓް ދިއްކޮށްގެންނެވެ. އަދި ވާހަކަ ދައްކަން ބޭނުން ކުރަމުންދަނީ އަޑުގަދަކުރާ އެކެވެ.
އެ ޖަލްސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ ޖަލްސާ އިރުކޮޅެއްގެ ތެރޭގައި ފަށަން ތައްޔާރުވަމުންދާއިރު، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާ މިރޭ ބޭއްވުމަށް ސޯޝަލް ސެންޓަރު ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ޕީއެންއެފްއަށް ދާދި ދެންމެ އަންގަވާފައިވާ ކަމަށެވެ.



ގުޅުންހުރި
ހާލަތު ބަލަން ގޭގެއަށް ދިއުމަކީ ކަރަޕްޝަންގެ ތެރެއަށް ހިނގައިދާނެ ކަމެއް: މުއްތަލިބު
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް
ޕީސީއާރް ޓެސްޓިންގެ ހިދުމަތްދީ، ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރަކަށް
ޝެއިހް އަޒީޒަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު އިންޑިއާ ވެސް ބަލިކޮށް، ރާއްޖެއިން އެއްވަނައިގައި
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް