ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަންކަން ރާވާފައިވަނީ މި ސަރުކާރަށް ތިން މަސް ފުރޭތަނުން ބަނގުރޫޓުވާ ގޮތަށްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާވަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ކުރީ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުގެ ސަބަބުން މިދިޔަ ތިން މަހުގެ ތެރޭގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
”މުޅި އެތި ޑިޒައިންކޮށްފައި ރާވާފައި ސީލްކޮށްފައި އެޑިޒައިން ބާއްވާފައި އޮތީ ތިން މަސް ދުވަސްތެރޭގައި ރާއްޖޭގެ ބަނގުރޫޓު ވާނެއޭ. ދެން ބަނގުރޫޓް ވީމަ ކުރީގެ ބައެއް ރައީސުންނާއެކު އާ ސަރުކާރެއް ފޯމްކުރާނީއޭ. ބައެއް ބޭފުޅުންގެ އެހީތެރިކަމާއެކު. މި ޑިޒައިން މަސައްކަތެއް ނުކުރި. އެއީ ބަނގުރޫޓުވާން ރައީސް މުއިއްޒު ފުރުސަތު ނުދެއްވުމުން،،“ ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކުރީ ސަރުކާރުން ރާވާފައިވާ ކަންކަން ކާމިޔާބުވިޔަ ނުދިނުމަށް ރައީސް މުއިއްޒު، ކުރެއްވި އެންމެ ހިތްވަރުގަދަ ކަމަކީ ފައިސާ ޗާޕުުކުރުން ހުއްޓާލެއްވުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައިވަނިކޮށް ފައިސާ ޗާޕު ކުރުން ހުއްޓާލެއްވުމުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުން ވަނީ ރައީސް މުއިއްޒަށް ތައުރީފު ކުރައްވާފައިިކަމަށް ސައީދު ވިދާޅުވިއެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގައުމު ދަރަނިވެރިނުކޮށް އަރަނި ކުރަންކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ދިވެހީންގެ ރާއްޖޭއެއްގެ ގޮތުގައި ބާއްވައިގެން ތަރައްގީކުރަން ކަމަށެވެ.




ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް