އިންޑިއާ ސިފައިންގެ ދެވަނަ ގްރޫޕު ރާއްޖެއިން ފުރައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ މީހުންނާ ބައްދަލުކުރައްވައި ވިދާޅުވީ އިންޑިއާ ސިފައިންގެ ދެވަނަ ގްރޫޕު ރާއްޖެއިން ފުރައިފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައި އޮތް އެއްބަސްވުމާ އެއްގޮތަށް ސިފައިން ފޭބުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެންމެ ފުރަތަމަ ރާއްޖެއިން ގެންދިޔައީ އައްޑޫގައި ތިބި 25 ސިފައިންނެވެ.
”ފެށި މަސައްކަތް ގޮސްފައިވާ ހިސާބަަކީ ދެފަރާތުން އެއްބަސްވެވި ޓައިމް ޓޭބަލެއް، ތިން ބެޗަަށް، ތިން ޕްލެޓްފޯމްގައި ތިބި ސިފައިން ފައިބާ ގޮތަށް، ފުރަތަމަ ޓީމް ފައިބާފައި، މިހާރު ނުވައެއް އޭޕްރިލްގައި ދެވަނަ ޕްލެޓްފޯމްގެ ސިފައިން ފައިބާފައި ވަނީ،“ ރައީސް ވިދާޅުވިއެވެ.
އިންޑިއާ ސިފައިންގެ ބާކީ ގްރޫޕުތައް މޭމަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”އެހެންވީމަ ވައުދު ފުދުނީ ނޫންތޯ، މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މެއިގެ ކުރިން ފައިބާނެ. އަޅުގަނޑުވާ ވައުދެއް ވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނީ އެންމެ ފުރިހަމައަކަށް އެކަމަށް ކޮށްދެވޭތޯ،“ ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ބުނެފައިވަނީ އިންޑިއާއި ރާއްޖޭގެ ދެމެދުގައި މަޝްވަރާކުރުމަށްފަހު އެއްބަސްވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު، މިދިޔަ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެ ގެންދިއުމަށް ކަމަށެވެ.
އަދި އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށް ދެގައުމުން އެއްބަސްވެފައިވާ ކަމަށެވެ.




ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި