މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީސް) އިން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިރޭގެ 8:15 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށެވެ. އަދި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެނީ އެ އެލާޓް ނެރޭ ސަރަހައްދު ތަކުގެ ދިރިއުޅޭ ރައްޔިތުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ސަމާލުވެ، ފިޔަވަޅު އެޅުމަށް ތައްޔާރުވުމަށް އެންގުމަށެވެ. އަދި ޔެލޯޓް އެލާޓް ނެރޭ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މި ހިނގާ އެޕްރީލް މަހަކީ ރާއްޖެއަށް އަހަރުގައި ވެސް އެންމެ ހޫނު މަހެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން އޮތީ ބުނެފަ އެވެ.

ގުޅުންހުރި
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑުގެ 33 ފޫޓު އަޑިން ފެނިއްޖެ
ރިސޯޓެއްގެ ފުއްޓަރު ފަރާތަށް ފީނަން އެރި އުޅުނު އެމެރިކާގެ ޓޫރިސްޓަކު މަރުވެއްޖެ
ޑިންގީ އެއްގައި ދަތުރުކުރަން ނުކުތް ޒަކަރިއްޔާ އަދިވެސް ނުފެނޭ
ކަޅު ބާޒާރުގައި ޑޮލަރު އަގު 20 އަރައިފި
ޒުވާނުންނަށް ކުރާ ހޭދަ އިތުރުކުރަން ރައީސް ގޮވާލައްވައިފި
ޖުވާގެ ފައިސާ އިން ހަރަދުކުރާ މީހަކު ސުވަރުގެއިން މަހުރޫމުވެ، ނަރަކަވަންތަވެރި ވެދާނެ