ރ. އަލިފުއްޓާއި ނ. މަނަދޫ އަދި އެ އަތޮޅު ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބޭނުންވާ ސާމާނާއި ވެހިކަލްގެ އިތުރުން ސައިޓް ހެދުމަށް ބޭނުންވާ މެޓީރިއަލް ލޯޑް ކުރުމާއި ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.
މި ތިން މަޝްރޫއުއަކީވެސް މިދިޔަ ސަރުކާރުގެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ.
އަލިފުށި މަގު ހެދުން:
އަލިފުށީ ބޮޑެތި މަގުތައް ޑިޒައިންކޮށް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 16 އޭޕްރިލް 2023ގައި 90.96 މިލިއަން ރުފިޔާއަށެވެ. އެއީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން އަލިފުށީގެ 3.8 ކިލޯމީޓަރު މަގުގައި ތާރު އަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، މަގުތަކުގައި މަގު ބައްތި ޖަހާނެ އެވެ.
ކެނދިކުޅުދޫ މަގު ހެދުން:
ޒައިން އެންޑް ބިލްޑް އުސޫލުން ނ. ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 1 ޖޫން 2023ގަ އެވެ. މިއީ 90.9 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ކެނދިކުޅުދޫގެ 3.7 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުތަކުގައި މަގު ބައްތި ޖަހާނެ އެވެ.
މަނަދޫ މަގު ހެދުން:
ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ. މަނަދޫ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 9 މާޗު 2023ގަ އެވެ. މިއީ 75.7 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ކެނދިކުޅުދޫގެ 4.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުތަކުގައި މަގު ބައްތި ޖަހާނެ އެވެ.
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް