ރައީސް ޑރ. މުހައްމަދު މުއިއްޒަށް، އިތުރު ބާރުތަކެއް ދީފިނަމަ، ހުރިހާ ބާރުތައް ލައްވާނީ މުށުތެރެއަށްކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް މިއަދު ތ. ކިނބިދޫއަށް ވަޑައިގެން ސޯލިހު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރު ދައްކާފައިނުވާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ދަނީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި، ސަރުކާރާ ހިޔާލުތަފާތުވާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
”ވަގުތު ދިން ވަރަކަށް، ބާރުތައް ދިން ވަރަކަށް، އެ ގެންދަވަނީ މުށުތެރެއަށް ބާރުތައް ލައި ކޮންޓްރޯލް ކުރަމުން. ރަށްރަށުން އެ މަންޒަރު އެބަ ފެނޭ. ވަޒީފާތަކުގައި ތިބި ފަރާތްތަކަށް ބިރު ދެއްކުން އިންތިހާގައި. ހިތަށް އެރީމާ ހިތަށް އެރި މުވައްޒަފަކު ކަނޑާލަނީ،“ ސޯލިހު ވިދާޅުވިއެވެ.
ސަރުކާރާއި މަޖިލިސް އެކީ ޕީޕީއެމްއަށް ދީފިނަމަ ވަޒީފާގެ ބިރުވެރިކަމާއި އިދިކޮޅު ލީޑަރުން ހައްޔަރުކުރުން ފަދަ ކަންކަން އަލުން އަނބުރާ އިއާދަވެގެންދާނެކަމަށް ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުންދާ ކަންކަން ހައްލުކޮށް، ރާއްޖެ ބިރުވެރިކަމުގެ ތެރެއިން ސަލާމަތް ކުރަންޖެހޭ ކަމަށެވެ.

ގުޅުންހުރި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
ގެވެށި އަނިޔާގެ ތުހުމަތުވާތީ ތޯހާ އެޗްއާރްސީއެމްއަށް އައްޔަންކުރަން ފާހެއްނުވި
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި
ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެ: ރައީސް