ހއ. ދިއްދޫ އިން ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް ކަރަންޓު ދިނުމަށް މި ސަރުކާރުން އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރަކަށް ހަމަޖެއްސި އަބްދުﷲ ރަޝީދު ރޭ ގޮވާލައިފި އެވެ.
މަޖިލިސް އިންތިހާބުގައި ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި އަބްދުﷲ ރަޝީދު ބުނީ ކަރަންޓު ކެނޑޭ ވާހަކަ ދައްކާއިރު، ކަރަންޓު ދޭކަންވެސް ނަސީބެއް ކަމަށާއި ކަރަންޓު ދޫކުރަންވީ ގެތަށް ބަލާފައި ވަކިވަކިން ކަމަށެވެ.
”ކަރަންޓް ދޭކަން ނަސީބެއްނު. މި ގެތައް ބަލާފައި ވަކިވަކިން ކަރަންޓް ދޫކުރަންވީ. ސީދާ ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިހާބު ނިމެންދެން,“ އަބްދުﷲ ރަޝީދު ބުނި އެވެ.
އޭގެ އިތުރުން އަބްދުﷲ ރަޝީދު ބުނީ ފެނަކައިގެ ވަޒީފާއަށް މުވައްޒަފުން ވައްދާނެ ކަމަށާއި، އެ މީހުން ދާއިމީވެސް ކޮށްދޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަބްދުﷲ ރަޝީދު ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.
”އޭނާ ދެއްކި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން. އަދި މި ޕާޓީގެ ސިޔާސަތެއްވެސް ނޫން. ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން،“ ޕީއެންސީން ބުންޏެވެ.
ޅ. ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭން މަޖުބޫރު ކުރުވަން ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ޖަލްސާގައި ގޮވާލި މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.




ގުޅުންހުރި
މީހަކު 100 އަށްވުރެ ގިނަ ކާޑުގެ ޑޮލަރު ލިމިޓު ބޭނުންކުރި މައްސަލައާއެކު
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް ހަވަނަ ފަހަރަށް ރާއްޖެއަށް
ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް