ޑުރަގުގެ މުއާމަލާތްތަކާއި ހަށިވިއްކުމަށް ހާއްސަކޮށްގެން ޓެލެގްރާމް ޗެނަލްތައް ހަދައިގެން އުޅުނު މީހުންނަށް އެހީތެރިވެދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ޖަޒީރާގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހަށިވިއްކުމާއި ޑުރަގުގެ ވިޔަފާރި ފަދަ ހުއްދަ ނޫން އެތައް ވިޔަފާރިއެއް ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕްތަކެއްގެ މައްސަލަ ތަހުގީގުކޮށް އެ ޗެނަލްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ވަނީ މިދިޔަ މާޗު މަހު ހައްޔަރުކޮށްފަ އެވެ.
އެއީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ. އެއީ ދެމަފިރިންނެވެ. އޭގެ ތެރެއިން އެކަކަކީ، ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އޭރު ބުނި ގޮތުގައި، ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ހަބަރު އަދި ޖަޒީރާ އެސްކޯޓް ގެލެރީގެ ނަމުގައި ހިންގި އެ ޓެލްގްރާމް ޗެނެލްތަކަށް އެހީތެރިވެ، ހަށިވިއްކަން މީހުން އެކި ތަންތަނަށް އުފުލީ އެކަމަށް ހާއްސަ ޓެކްސީއެއްގައި ޓެކްސީ ޑްރައިވަރާވެސް ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޓެލެގްރާމް ޗެނަލް މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ހަށިވިއްކި މީހުން އުފުލި ޓެކްސީގެ ޑްރައިވަރެވެ.




ގުޅުންހުރި
ޕީސީއާރް ޓެސްޓިންގެ ހިދުމަތްދީ، ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރަކަށް
ޝެއިހް އަޒީޒަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު އިންޑިއާ ވެސް ބަލިކޮށް، ރާއްޖެއިން އެއްވަނައިގައި
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި