މަސް ފެކްޓަރީއެއް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި ދ. މާދެއްޔަކީ ރިސޯޓޭއް ހަދަން ބޭރުގެ ކުންފުންޏަކާއެކު ސޮއިކޮށް، އެ ކުންފުނިން ފައިސާ ދައްކާފައި އޮތް ރަށެއް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
މާދެލީގައި މަސް ފެކްޓަރީ އަޅަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ މިދިޔަ އާދީއްތަ ދުވަހު ހަވާލުކުރީ 75 ނުވަތަ 100 މިލިއަން ޑޮލަރަށެވެ.
ނަމަވެސް އެ ރަށަކީ 5 ޖުލައި 2024 ގައި ސެއިންޓް ރެޖިސް ވޮއްމުލި ހިންގާ ކުންފުނި، އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑަށް ދީފައި އޮތް ރަށެކެވެ. އަދި އެ ރަށުގެ އެކުއިޒިޝަން ކޮސްޓަށްވާ 7.2 މިލިއަން ޑޮލަރު (111،024،000ރ.) ވެސް އެ ކުންފުނިން އޮތީ ދައްކައިފަ އެވެ.
އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް މަގޫދޫއަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ސޯލިހު ވިދާޅުވީ، އެ ރަށުގައި މަސް ފެކްޓަރީއެއް ހަދަން ދިން އިރު، އެއީ ރިސޯޓެއް ހަދަން ދެ ފަރާތުގެ ދޭތެރޭގައި އެއްބަސްވެ ސޮއިކޮށްފައި އޮތް ރަށެއް ކަމަށެވެ.
”އެއީވެސް ބޭރު ބަޔަކު ފައިސާ ދީފައި، ރިސޯޓެއް ހަދަން ނަގައި، ކޮންޓްރެކްޓްކޮށް އެއްބަސްވެފައި އޮތް ރަށެއް. މާދެލި ވާހަކަ މި ދެންނެވީ. އަޅުގަނޑު ހިތަށް އަރާ އެ ބޭފުޅުން ސަރުކާރު ހިންގަވާއިރު ކުރީގައި ސަރުކާރުން ހިންގާފައި ހުރި ލިޔެކިޔުންތަކާ އެއްޗެހި ނުބައްލަވަނީބާއޭ،“ ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ އެއްބަސްވުން އުވައެއް ނުލެވޭނެ ކަމަށާއި އުވާލާނަމަ ރައްޔިތުންގެ ފައިސާ އިން ބޮޑު ބަދަލެއް ދޭންޖެހޭނެ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ޕްރޮޖެކްޓްތައް އުވާލާ މިނިސްޓަރުންނާމެދު މަޖިލިސް ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި