ކ. ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ އިއްޔެ ކަމަށެވެ. ގުޅިފަޅު ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ގުޅިފަޅުން ވަނީ 192 ހެކްޓަރުގެ ބިން ހިއްކައިފައެވެ.
ނިމިދިޔަ ސަރުކާރު ގުޅިފަޅު ތަރައްގީކުރުމަށް ނިންމި ޕްލޭންގައިވަނީ ވަނީ އެތަނުގައި ބައިނަލްއަގުވާމީ ޕޯޓެއް ހެދުމަށް ނިންމައިފައެވެ. އަދި ވަނީ ގުޅިފަޅުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ޕޯޓު، ތިލަފުށިއަށް ބަދަލުކޮށްފައެވެ. މި ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ހަމައެކަނި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށެވެ.
ކުރީ ސަރުކާރުން ތައްޔާރުކުރި ލޭންޑް ޔޫޒް ޕްލޭން ވެސް ބަދަލުކޮށް މި ސަރުކާރުން ވަނީ އާ ލޭންޑް ޔޫޒް ޕްލޭނެއް ގުޅިފަޅަށް ހަދައިފައެވެ.
ލޭންޑް ޔޫޒް ޕްލޭންގައިވާ ގޮތުން ގުޅިފަޅުން ވަނީ ގޯއްޗަށާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަހައްދެއް ކަނޑައަޅައިފިއެވެ.
ގުޅިފަޅުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވާއިރު، ޕާކުތަކާއި ކުޅިވަރު ކުޅޭނެ ތަންތަނަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން އިގުތިސޯދީ މަސައްކަތްތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެ ބިން ހާއްސަކުރަނީ އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ސިޓީ ހޮޓާތައް ތަރައްގީކުރުމަށެވެ.
ގުޅުންހުރި
ކަނޑުންނާއި ފަޅުން ދޫކޮށްފައިވާ ގޯތިތައް އަންނަ އަހަރު ހަވާލުކޮށް ނިންމާނަން: ރައީސް
ބަޖެޓުގައި ނެތަސް ފަށާނެ ކަމަށް ބުނި ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން
ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތު ނެގުން ފަށައިފި
އަމީނީ މަގުގެ މަޝްރޫއު: ޕަމްޕް ސްޓޭޝަންގެ ވެލްވް ޗެމްބަރާއި ޕެނަލް ބޯޑު
މަސައްކަތް ފަށައިފައިވާ މަޝްރޫއުތައް މަޑުޖައްސާލަން އަންގާފައިނުވާނެ: މުއްތަލިބު
މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރަން ޗައިނާއާއެކު ސޮއިކޮށްފި