އޮކްޓޯބަރ 10, 2024

ތުރާކުނުގެ ބައެއްގެ ގޮތުގައި ވަނގާރު، އުކުޅަހުގެ ބައެއްގެ ގޮތުގައި ގަލަގިލި ފަޅު ހަމަޖައްސައިފި

ހއ. ވަނގާރަކީ އެ އަތޮޅު ތުރާކުނުގެ ބައެއްގެ ގޮތުގައި އަދި އއ. ގަލަގިލި ފަޅަކީ އެ އަތޮޅުގެ އުކުޅަހު ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން ވަނގާރަކީ ހއ. ތުރާކުނު ބައެއްގެ ގޮތުގައި އަދި ގަލަގިލި ފަޅަކީ އއ. އުކުޅަހު ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ނެރުއްވި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރު އިސްލާހުކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި އޮންނަ 22 ހެކްޓަރުގެ ވަގާރަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައި އޮތް ރަށެކެވެ.

ރައީސް ޑރ. މުއިއްޒު ގެންދަވަނީ ބައެއް ރަށްރަށުގެ އިހުސާސް ތެރެއަށް އެ ރަށް ކައިރީގައި އޮންނަ ފަޅުރަށްތަކާއި ފަޅުތައް ދެއްވަމުންނެވެ. އެގޮތުން މިދިޔަ ތިން ދުވަހުގެ ތެރޭގައި އެ މަނިކުފާނު ވަނީ ތިން ރަށަކަށް އެއް ފަޅާއި ތިން ރަށް ހަމަޖައްސައި ދެއްވައިފަ އެވެ. އެއީ:

– އދ. މަހިބަދޫއަށް: އދ. މާފަރުފަޅު

– އއ. ބޮޑުފޮޅުދޫއަށް: އއ. ވެލިދުއްގާ

– ނ. މާފަރަށް: ނ. ފަރުމުއްޔާއި ކަނޑިންމާހުރާ

Leave a Reply