ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއީ މަނީ ލޯންޑަރރިންގެ ކުށް ސާބިތުވުމުގެ ސަބަބުން ކުރީގެ ރައީސް އަބްުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރުން މާދަމާއަށް ހައި ކޯޓުން ތާވަލުކޮށްފިއެވެ.
ހައި ކޯޓުން އެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 13:00 އަށެވެ.
ޔާމީން މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ހައިކޯޓުގައި ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ބޭއްވި އަޑުއެހުމެކެވެ. އަޑުއެހުންތައް ނިމޭތާ 30 ދުވަހބުގެ ތެރޭގައި މައްސަލައިގެ ހުކުމް ކުރަންޖެހެއެވެ. ނަމަވެސް އެފަހުން މިއަދާ ހަމައަށް މިވަނީ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައެވެ.
ޔާމީންގެ މައްސަލައިގެ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ޔާމީންގެ ފަރާތްޕުޅުންނާއި އެ މަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތުން އަދި ދައުލަތަށް ފަހުބަސް އިއްވުމުގެ ފުރުސަތު ދީފައެވެ. އެއިން ކޮންމެ ފަރާތަކަށްވެސް ފަހުބަސް އިއްވުމަށް ދިނީ 30 މިނެޓެވެ.
އެ ދުވަހުގެ އަޑުއެހުމުގައި އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވައިލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވެފައިވަނީ އެ މައްސަލަތައް ޝަރީއަތުން ދިރާސާ ކުރަމުންދާ އިރު، ދެ ފަރާތް ހާޒިރުކޮށްގެން ކަމެއް ސާފުކުރަން ނުޖެހޭ ކަމަށްވާ ނަމަ، މައްސަލައިގައި ހުކުމްކުރުމަށް ތާވަލުކުރެވޭނެ ކަމަށެވެ.
ޔާމީން މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގޭބަންދުގައެވެ.




ގުޅުންހުރި
ބައްސާމުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެެއް ސާބިތުވެއްޖެ
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ޔާމީން، މުއިއްޒަށް: އިގުތިސާދު އޮތީ ކޮޅަކަށް ނޫން، އިގުތިސާދާއި ކޮރަޕްޝަން ވެސް
މާލޭގެ ކައުންސިލަރުން ޝަރުތު ހަމަވަނީ ދިމްޔާތުގެ ބަދިގެ ބަލަހައްޓަން: ޔާމީން
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!