ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ކުރީ ސަރުކާރުން އެ މަނިކުފާނު ޖަލަށްލުމަށް، ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އެ މަނިކުފާނާމެދު އިހުލާސްތެރިވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ މަހިމަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަަދައްކަވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނު ޖަލުގައި އޮންނެވިއިރު އެ މަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މައުލޫމާތު ރަނގަޅަށް ލިބެމުން ދިޔަ ކަމަށެވެ. އެ ބޭފުޅުންގެ ސިޔާސީ ވިސްނުން މިހާރު ތަފާތު ވެފައިވިޔަސް، އެ މަނިިކުފާނުގެ ހައްގުގައި ކޮށްދެއްވި މަސައްކަތް ބަލައިގަންނަކަމަށް ޔާމީން ވިދާޅުވިއެވެ.
”މިހާރުގެ ވީޕީ ހުސެން މުހައްމަދު ލަތީފަކީ އަޅުގަނޑު ގަބޫލު ކުރާގޮތުން ވަރަށް އިހުލާސްތެރިކަމާއެކީ އަޅުގަނޑު ސަލާމަތް ކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް އިނގޭތޯ؟ ހަމަ އެގޮތަށް މަހިބަދޫ ދާއިރާގެ މެންބަރު ޓޮމް އަކީ އަޅުގަނޑު ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި މީހެއް އިނގޭތޯ؟ އަޅުގަނޑު އެޔެއް ޑައުޓެއް ނުކުރަން އިނގޭތޯ؟، ތިންވަނަ ބޭފުޅަކީ ލޯކަލް ގަވަމެންޓު އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފް، ހަމަ ވަރަށް އިހުލާސްތެރިކަމާ އެކީ މަސައްކަތް ކުރެއްވި ތިން ބޭފުޅުން މިއީ، އެހެން ބޭފުޅުންގެ ތެރޭގައި ދެން އެއީ ކޮސްމެޓިކް އިނގޭތޯ؟“ ޔާމީން ވިދާޅުވިއެވެ.
ކުރީގެ ފަރެސް މާތޮޑާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މިހާރުގެ ނައިބު ރައީސް ހުސެއިންއަކީ، ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ވަރަށް އަރިސް ބޭފުޅެކެވެ. ޔާމީންގެ ވެރިކަމުގައި ތޯރިގު ވެސް ފާހަގަވެފައިވަނީ ޔާމީންގެ ވަރަށް އިތުބާރު ކުރައްވާ އެ މަނިކުފާނުގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ.
އާދަމް ޝަރީފަކީ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި ބޭފުޅާއެކެވެ. އަދި އާދަމް ޝަރީފަކީ ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ޕީއެންސީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕީއެންސީ ސެނެޓު ޕްރައިމަރީގައި ޔާމީނުގެ ތާއީދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވާދަކުރެއްވި ބޭފުޅާއެވެ.

ގުޅުންހުރި
ޖަމީލާއި މަލީހަކީ މަހު މުސާރައަށް، ޔާމީންއާއެކު އުޅެދޭ ބައެއް: ފަލާހު
ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާއަކީ ރިޝްވަތު: ޔާމީން
އުލުބޭންދުމަކީ ނޭގިގެން ރަދީފު ހޯދާކަށް ނުޖެހޭ: ޔާމީން
ވަގަކަށް ވަގެކޭ ގޮވޭނެ؛ ޖެހޭނީ ހަޖަމް ކުރަން، ޔާމީން
ވެރިކަން ނިމެންދެން ޔާމީން ދިޔައީ ވިލާއަށް އަނިޔާވެރިވަމުން: ގާސިމް
ޕީއެންސީ މަޖިލިސް މެންބަރުންގެ ނަފުސުގެ އިއްޒަތެއް، ކަރާމާތެއް ނެތް: ޔާމީން