މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
ޖުމުލަ 117.9 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ދީފައިވަނީ 420 ދުވަހުގެ ތެރޭގަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ، މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓްތަކުގެ ބޮޑުމިނަކީ 1000 އަކަފޫޓް ކަމަށެވެ. އެޕާޓްމަންޓުގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނޭނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓްތައް ވަށައިގެން އަލިކޮށް، ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ހަދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.




ގުޅުންހުރި
ދިވެހި ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެ
އެލައިޑްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އަދާލަތުގެ ރައީސަކަށް ޝިފާން