މ. ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފި އެވެ.
ހައުސިން މިނިސްޓްރީން މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއެކު ސޮއިކުރީ މިއަދު ހެނދުނު މާލޭގަ އެވެ. ނަމަވެސް މިނިސްޓްރީން ބުނީ މިއަދު މެންދުރު އެ މަޝްރޫއުގެ ބިންގާ އަޅާފައިވާ ކަމަށެވެ.
ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ ޖުމުލަ 117.9 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ.
މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓްތަކުގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ. އަދި ކޮންމެ އެޕާޓްމަންޓުގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުންނާނެ އެވެ.
އޭގެ އިތުރުން އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓްތައް ވަށައިގެން އަލިކޮށް، ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ހަދާނެ އެވެ.

ގުޅުންހުރި
ރައީސްގެ ވަޓްސްއެޕް ޗެނަލެއް، 6 ގަޑިއިރު ތެރޭ 2،000 މީހުން ވަދެއްޖެ
މިއަދަކީ އެކްސްޕޯ 2025 ގެ ފަހު ދުވަސް، 40 އެގްޒިބިޓަރުން ބައިވެރިވި!
ކޮރަޕްޝަންގެ މައްސަލައެއް ބަލަން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި
ޖާހްގެ ބޭންކު އެކައުންޓްތަކުގައި ފައިސާ ފައިސާ ހުރި ނަމަ ހިފަހައްޓަން އަމުރުކޮށްފި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި