އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނަތް މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމުގެ ސަބަބުން ކުރިމިނަލް ކޯޓުންކުރި 11 އަހަރުގެ ހުކުމް، ހައި ކޯޓުން މިއަދު ބާތިލުކުރުމުން އެނގިގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާކަން ކަމަށް ރައީސް މުއިއްޒުގެ، ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ހައިކޯޓުން ބާތިލްކުރުމުން އެ މަނިކުފާނު ވަނީ މިނިވަންވެފަ އެވެ.
ޔާމީންގެ ޖަލު ހުކުމްތަށް ހައި ކޯޓުން ބާތިލުކުރުމުން އަބްދުއްރަހީމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ﷲ ހަމްދު ކުރައްވައިފައެވެ. އެއަށްފަހު ވަނީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ.
”ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއްވައިފީމު. ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ދިވެހީން ބޭނުންވަނީ ރައީސް މުއިއްޒު ފަދަ ފަދަ ބަހާ އަމަލާ ދިމާވާ ވެރިން ކަމަށެވެ.
ނަަމަވެސް ޔާމީން ވިދާޅުވީ އެ މަނިކުފާނު މިނިވަންވުމުން ރައީސް މުއިއްޒަށް، އަބްދުއްރަހީމް ޝުކުރު އަދާކުރެއްވުން އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ލުއި ލިބުނު ފަރާތުގެ ހައިސިއްޔަތުން އެ ލުއި ލިބުނީ ރައީސް މުއިއްޒާއި ސަރުކާރުގެ އިހުސާންތެރިކަމުގެ ސަބަބުން ކަމަށް ނޫން ކަމަށެވެ.

ގުޅުންހުރި
އުލުބޭންދުމަކީ ނޭގިގެން ރަދީފު ހޯދާކަށް ނުޖެހޭ: ޔާމީން
ޝީ ޖިންޕިންއާ ރައީސް ބައްދަލުކުރައްވައިފި، މަޝްވަރާކުރީ ގުޅުން ހަރުދަނާކުރަން
މީ 100 ޕަސަންޓް ޕްރޯ މީޑިއާ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ތިން މެމްބަރުން ތިބެން ރައީސް ބޭނުންފުޅެއް ނުވޭ: ޚަލީލް
ކަށި މިޔަރުގެ މަސްވެރިކަމަށް ނޮވެމްބަރު މަހު ހުއްދަ ދެނީ
މަކުނުދޫއަށް ދެން އަންނާނީ އެއާޕޯޓް ހުޅުވައިދޭން: ރައީސް