މ. މުލީގެ އިހުތިސޯސް ތެރެއަށް ބޯހުރާ ހިމަނައިފިއެވެ.
ބޯހުރާއަކީ، މުލިއާ އިންވެގެން އޮންނަ ރަށެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މުލީގެ އިހުތިސޯސް އަށް ބަދަލު ގެނެސް އާންމު ކުރީ މިއަދު އެވެ.
ބޯހުރާ އަކީ ރާޅާއެޅުމަށް އެންމެ މަޝްހޫރު އެއް މަންޒިލެވެ. ބޯހުރާގައި ރިސޯޓު ހަދަން ނިންމުމުން އޭރު މުލީގެ ރައްޔިތުން ހިމެނޭހެން ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ ކަންބޮޑުވުންތަކާއެކު ރިސޯޓު ހަދަން އިއުލާނު ކުރި ލިސްޓުން ބޯހުރާ އުނިކުރިއެވެ.



