ނ. މަނަދޫ އާއި މ. މުލީގައި އާ ހޮސްޕިޓަލް ހަދަން ހެލްތް މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މުއްޔާއި މަނަދޫގައި ހަދާނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކޮންމެ ހޮސްޕިޓަލެއް 185 މިލިއަން ރުފިޔާއަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މުލީ އާ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. މަނަދޫ އާ ހޮސްޕިޓަލްގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.
އެ ދެ ހޮސްޕިޓަލްގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
ހެލްތް މިނިސްޓްރީން ބުނީ، އާ ހޮސްޕިޓަލް ހަދައި ހިދުމަތް ދޭން ފެށުމާއެކު މިހާރު އެ ރަށްރަށުގެ ހިދުމަތްދޭ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެ ތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
އެގޮތުން މި ހޮސްޕިޓަލް ތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީއެއް ހިމަނައިގެން ހަދާ ހޮސްޕިޓަލްތަކެއް ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ، ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކޮށް، ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ ކަމަށެވެ.


 
					

ގުޅުންހުރި
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލަނީ، ރައީސް ވައުދުވީ ދޮޅު
ދިއްގަރު ފުލެޓް މަޝްރޫއުގެ ބިންގާ އެޅިތާ ދޮޅު އަހަރު، ރައީސް ވިދާޅުވީ
ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި
މައުމޫން އަތުން 1.1 މިލިއަން ހޯދަން އެމްޓީސީސީން ހުށަހެޅި މައްސަލަ އަނބުރާ
އުނގޫފާރު ބިން ހިއްކުން: އެމްޓީސީސީ އަށް އަހަރެއް ތެރޭ ހިއްކުނީ 1