އއ. ތޮއްޑު އާއި އއ. ރަސްދުއަށް ފަޅެއް ދީފި އެވެ.
ރައީސް އޮފީހުން މިއަދު އާންމުކުރި އެ ގަރާރުގައި ބުނީ ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ތޮއްޑު އާއި ރަސްދޫގެ އިހުތިސާސްގައި 200 ހެކްޓަރުގެ ފަޅެއް ހިމަނަން ކަނޑައަޅާފައިވާ ކަމަށެވެ.
އެ ފަޅު ހަމަޖެއްސީ ރަސްދޫގެ އުތުރުން އޮންނަ ބޮޑު ފަޅެކެވެ.
ތޮއްޑު އާއި ރަސްދުގެ އިހުސާސްގެ ތެރޭގައި ހިމެނި ދެ ފަޅަކީ މާލެއަށްވުރެ ބޮޑު އަދި ހުޅުމާލެ ފޭސް 1 އާ އެއްވަރުގެ ދެ ފަޅެވެ.



