މިއަދު ބޭއްވި ރައްޔިތުންްގެ މަަޖިލީހުގެ އިންތިހާބުގައި ޑރ. އަނާރާ ނައީމް އާއި ފިރިކަލުން އާދަމް ޝަފީގް ކާމިޔާބު ހޯއްދަވައިފި އެވެ. މިއީ ކުރިއަށް ވިހި ވަނަ މަޖިލީހުން ފެނިގެންދާނެ ހަމައެކަނި ދެމަފިރިކަނބަލުންނެވެ.
އަށާރަ ވަނަ މަޖިލީހުގައި މަކުނުދޫ ދާއިރާ ތަމުސީލު ކުރެއްވި އަނާރާ މި ފަހަރު އިންތިހާބުވެވަޑައިގެންނެވީ ހުރާ ދާއިރާ އިންނެވެ. އެ ދާއިރާއަށް ވާދަކުރެއްވުމަށް ޕީއެންސީ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައިވެސް އޭނާ ވާދަކުރެއްވި އެވެ.
ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން ދެން ނުކުންނެވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ސަރުކާރާއި ރައީސް މުއިއްޒު ފަހުން ވަނީ އޭނާއަށް ތާއީދު ކުރައްވައި ކެމްޕެއިންވެސް ކުރައްވައިފަ އެވެ.
އަނާރާގެ ފިރިކަލުން ވާދަކުރެއްވީ މަކުނުދޫ ދާއިރާ އަށެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ ދާއިރާގެ މިހާރު ކެންޑިޑޭޓް މުހައްމަދު ރާއީއާ ވާދަކުރައްވަ އެވެ.




ގުޅުންހުރި
ޕީސީއާރް ޓެސްޓިންގެ ހިދުމަތްދީ، ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރަކަށް
ޝެއިހް އަޒީޒަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު އިންޑިއާ ވެސް ބަލިކޮށް، ރާއްޖެއިން އެއްވަނައިގައި
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި