ޝާހިދުގެ ބައްޕާފުޅަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު، އަލް މަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޝާހިދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މޫސާ ޖަލީލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ. އަދި މި ފަހުން ގެންދެވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.
ރައީސް މުއިއްޒު، އެކްސްގައި މިއަދުކުރެއްވި ޕޯސްޓެއްގައި ވަނީ މޫސާ ޖަމީލު، އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުންހިތާމަޔާއެކު ކަމަށް ވިދާޅުވެފައެވެ. އަދި މާތް ﷲ މޫސާ ޖަމީލުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، މޫސާ ޖަމީލުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މޫސާ ޖަމީލް އަވަހާރަވި އިރު، އަނބިކަނބަލުން މައުމޫނާ ވަޖީހު އާއި ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.
މޫސާ ޖަމީލުގެ ކަށުނަމާދު އޮންނާނީ މިއަދު ހަވީރު، އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.


 
					

ގުޅުންހުރި
ވަކިކުރީ 30 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމަށް ހިދުމަތްކުރި ވަހީދާއި ރިޔާޒު
ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި
ކ. އަތޮޅާއި ޅ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި
މީހުން އުޅޭ ހުރިހާ ރަށަކަށް ރައީސް ޒިޔާރަތް ކުރެއްވުމަކީ މުރާލިކަމުގެ ނަމޫނާއެއް:
ރައީސް މުއިއްޒު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް: ރައީސް