މިނިސްޓަރުންނާ ސުވާލު ކުރުމުގެ ސިލްސިލާ ޕްރޮގުރާމުގެ ދެވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދެވަނަ ފޯރަމް އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ސަލްޓަން ޕާކުގައެވެ.
”އަހާ!“ ގެނަމުގައި ގެންނަ އެ ފޯރަމު ކުރިއަށް ގެންދަން ނިންމާފައި އޮތީ ކޮންމެ ދެމަހުން އެއްމަހު އެވެ. ނަމަވެސް މި ފަހަރުގެ ފޯރަމް މި ބާއްވަނީ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ރައީސް އޮފީހުގެ އެކްސް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ވަނީ ހޯމަ ދުވަހުގެ ރޭ ބާއްވާ ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާނެ މިނިސްޓަރުން އާންމުކޮށްފައެވެ. އެ ފޯރަމުގައި ބައިވެރިވާނީ:
- މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން: މުހައްމަދު އަމީން
- މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ: އަލީ އިހުސާން
- މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް: އަހުމަދު ޝިޔާމް
- މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް: ޑރ. މަރިޔަމް މާރިޔާ
- މިނިސްޓާ އޮފް ޔޫތް އެމްވަޔަރުމަންޓް، އިންފޮމޭޝަން އެންޑް އާޓްސް: އިބްރާހިމް ވަހީދު
އެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކުރިއާލައި ސުވާލު އެސްއެމްއެސް ކުރަންޖެހެއެވެ. އެގޮތުން އެސްއެމްއެސް ކުރަން ޖެހެނީ AH (space) Suvaalu to 300 އަށެވެ.

ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް