ފުލުހުންގެ އިސް އޮފިސަރެއް ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޒިޔާދު، 44، ނިޔާވީ ގޭގެ ފާހާނާގައި ހުއްޓައި ކުއްލިއަކަށް ވެއްޓުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.
ޒިޔާދު ފުލުހުންގެ ހިދުމަތާ ގުޅުނީ، ފުލުހުންނާއި ސިފައިންނާ އެއްކޮށް އޮތް ދުވަސްވަރެވެ. ނަމަވެސް ފަހުން ދެ މުއައްސަސާ ވަކިކޮށްލުމުން ރަސްމީކޮށް ފުލުހުންގެ ހިދުމަތާ ގުޅުނެވެ. އަދި އޭނާގެ ހިދުމަތަށް އަންނަ މަހުގެ 22 ގައި 27 އަހަރު ފުރޭނެ އެވެ.
ޒިޔާދު ވަނީ މެރިން ޕޮލިހާއި އެސްއޯ ޑިޕާޓްމަންޓުގައި ވެސް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އޭނާ ނިޔާވި އިރު، އޭނާ ހުރީ ކޮމާންޑު ސެންޓަރުގައި ޑިއުޓީ އޮފިސަރަކަށެވެ.
ޒިޔާދުގެ ކަށު ނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ އަސްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.




ގުޅުންހުރި
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި