ރަށްރަށުން މާލޭ ސްކޫލުތަކަށް ބަދަލުވާން 790 އަށްވުރެ ގިނަ ކުދިންގެ ފޯމު ހުށަހަޅައިފި އެވެ.
ރަށްރަށުން މާލޭގެ ސްކޫލުތަކަށް ބަދަލުވާން ބޭނުންވާ ކުދިންނަށާއި މާލޭގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް އަލަށް ވަންނަން ބޭނުންވާ ކުދިން އަދި މާލޭގެ އެކި ސްކޫލްތައް ބަދަލުކުރަން ބޭނުންވާ ކުދިން ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ އަންނަ އަންގާރަ ދުވަހެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބު ތަކުގައިވާ ގޮތުން މާލެ ސަރަހައްގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވަންނަން 2،290 ފޯމު އަދި ގްރޭޑް އެކެއް ފިޔަވައި އެހެން ގްރޭޑްތަކުން ޖާގަ ހޯދަން 1،450 ކުދިން ވަނީ ފޯމު ހުށަހަޅައިފައެވެ.
އަދި މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ވަންނަން 660 ކުދިން ފޯމު ހުށަހެޅި ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ، މި މަހުގެ ހަތަރެއްގެ ނިޔަލަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްގެ ޖަވާބު މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ފޮނުވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.




ގުޅުންހުރި
މެއި/ޖޫންގައި އަމިއްލަގޮތުން އޭ ލެވެލް ހެދޭގޮތަށް ހަމަޖައްސައިފި
ސްކޫލުތަކުގައި ދެ ޖިންސު މައްސުނިނުކޮށް ކިޔަައިވައި ދިނުމަށް އިލްމުވެރިން އެދިއްޖެ
ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ،
ގްރޭޑް 9 އިން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭގޮތް ހަދައިފި
އަމިއްލަ ސްކޫލުތަކުން އޭލެވެލް ހެދޭނީ ފީ ދައްކައިގެން ކަމަށް ނިންމައިފި
ދިރާސީ އާ އަހަރު ފަށާނީ ހޯމަ ދުވަހު