ފުލުހުންގެ މުއައްސަސާގެ ބޭނުމަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަން އެ މުއައްސަސާއިން މިއަދުކުރި އިއުލާން ބާތިލުކޮށްފިއެވެ.
ފުލުހުން ގެޒެޓުގައި މިއަދުކުރި އިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި ބިދޭސީންނާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާ ކަމަށެވެ.
އެފަހުން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިރޭ ވިދާޅުވީ ޕޯސްޓެއްގައި ވިދާޅުވީ އެ އިއުލާން މިހާރު ބާތިލުކޮށްފައިވާ ކަމަށާއި އެ އިއުލާނަކީ ފުލުހުންގެ އިދާރާގެ ޑިޕާޓްމެންޓުތަކުގައި ބިދޭސީން ލައްވާ ކުރުވަމުންއައި މަސައްކަތް ކުރުމަށް، ބިދޭސީން ހޯދުމުގެ ބޭނުމުގައިކުރި އިއުލާނެއް ކަމަށެވެ.
ނަމަވެސް ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭގޮތަށް އަމަލުކުރަން ފުލުހުންގެ ހިދުމަތުން ނިންމުމާ ގުޅިގެން އެ އިއުލާން ބާތިލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން، އެ މުއައްސަސާގެ ބޭނުމަށް ބިދޭސީން ހޯދަން އިއުލާން ކޮށްފައިމިވަނީ ސަލާމަތީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ބިދޭސީން ގެންގުޅުމަކީ ބޭނުންވާ ގޮތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
“ވަކިން ހާއްސަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ހިދުމަތް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި ބިދޭސީއަކު ހުރުމަކީ އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން” އިހުސާން ވިދާޅުވެފައިވެއެވެ.
އިހުސާން ވިދާޅުވެފައިވަނީ ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ސީދާ ދޭ ހިދުމަތްތަކުގައި ބިދޭސީން ޝާމިލުނުވާ ކަމަށާއި ނަމަވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައާއި އަންސްކިލްޑް މަސައްކަތްތަކުގައި ކޮންމެވެސް ވަރަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތަށް ތިބި ބިދޭސީ މުވައްޒަފުންނަކީ ދިވެހިން ނުލިބުމުގެ ސަބަބުން މަސައްކަތް ކުރަމުންދާ ބިދޭސީން ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.




ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!