މާލޭގެ ކުނި އުކުމުގެ މަސައްކަތް މެނޭޖުކުރުމަށް އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
އެ ތުހުމަތުތައް ކޮށްފައިވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ، ދިޔަވަރު ވެބްސައިޓުންނެވެ. އެ ވެބްސައިޓުގައި ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން، ވެމްކޯއިން ގާބޭޖް ޓްރަކް (ކޮމްޕެކްޓާ ވެހިކަލް) ގަތުމަށް ދުބާއީގައި, ވެމްކޯގެ އެމްޑީ މުޖުތަބާގެ އާއިލީ ފަރާތެއްގެ ނަމުގައި އުފައްދާފައިވާ ކުންފުންޏެއް މެދުވެރިކޮށް ބޮޑު ކޮރަޕްޝަނެއް ވަނީ ހިންގައިފަ އެވެ.
އެކަމާ ގުޅިގެން ވެމްކޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ލިޔުމަކީ އެއްވެސް ހަގީގަތެއް ނުވަތަ ހެއްކެއް ނެތި ޝާއިއު ކޮށްފައިވާ ދޮގު ލިޔުމެއް ކަމަށާއި އެކަން އެ ކުންފުނިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ލިޔުން ލިޔުނު ވެބްސައިޓުން އެ ކުންފުންޏާ އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހޯދުމަށް މުއާމަލާތެއް ކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.
ވެމްކޯ އިން ބުނީ، އެ ކުންފުނިން ކުރާ ހުރިހާ މާލީ ނިންމުންތަކަކީ އެކަމަށް ހާއްސަ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ، ފުރިހަމަ ނިޒާމެއްގެ ތެރެއިން ދެފުށް ފެންނަ ގޮތަށް ނިންމަމުންދާ ކަންތައްތަކެއް ކަމަށެވެ. އަދި އެ ކުންފުނީގެ މާލީ ކަންކަން ނިންމާނީ ކުންފުނީގެ ބޯޑާއި ބިޑް ކޮމިޓީގެ ނިންމުންތަކަށް ބިނާކޮށް އެ ފަރާތުން ކަމަށްވެސް ބުންޏެވެ.
”އިޝާރާތް މިކުރެވޭ އާޓިކަލްގައި މިވާ ކަންކަމަކީ މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމެއްކަމުގައިވެސް ދަންނަވަމެވެ،“ ވެމްކޯގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ބުނީ، އެފަދަ ލިޔުންތަކަކީ އެ ކުންފުނީގެ މެނޭޖްމަންޓުގެ ބޭފުޅުންގެ އަބުރާއި އިއްޒަތް ނަގާލުމަށާއި ކުންފުނީގެ މާލީ އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއި ގުޅޭ ގޮތުން އާންމުންގެ ހިތްތަކުގައި ސުވާލު އުފައްދައި، ނުރަނގަޅު ތަސައްވުރެ އުފެއްދުމުގެ ބޭނުމުގައި ލިޔެފައިވާ ލިޔުންތަކެއް ކަމަށެވެ.
އެކަމުގެ ސަބަބުން އާންމުންގެ ތެރޭގައި ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގުވަޒަނނުްވުމުގެ ފުރުސަތުވެސް ބޮޑުވާ ކަމަށް ވެމްކޯ އިން ބުންޏެވެ.
”މި ކުންފުނިން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް ހިތްވަރުދެމެވެ. އަދި މި ފުރުސަތުގައި މި ކުންފުންޏާ ގުޅޭ މައުލޫމާތެއް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ވާހަކަ ފާހަގަކޮށްލަމެވެ،“ ވެމްކޯގެ ބަޔާނުގައިވެ އެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!