ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވި ފަސް ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ އޮޕަރޭޝަން ކާމިޔާބުވި ދެ ކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި އެ ދެ ކުދީން މިހާރު ތިބީ އިތުރު އޮބްޒަވޭޝަނަށް އެކޮމޮޑޭޝަންގައި ކަމަށެވެ. އަދި ބާކީ ތިބި ތިން ކުދިންގެ ބޯންމެރޭ ހެދުމުގެ ކަންކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ މި އަހަރުގެ މެދުތެރޭގައި އިތުދު ފަސް ކުދިން އަދި އަހަރު ފަހުކޮޅު އިތުރު ފަސް ކުދީން ބޯންމެރޭ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށެވެ.
މީގެ ކުރިން ބޯންމެރޯ ކްރޮސްމެޗް ޓެސްޓަކީ ވަރަށް ދަތި ހާލުން ހެދޭ އެއްޗެއްކަން ފާހަގަކުރައްވާ ހަލީލު ވިދާޅުވީ ބޯންމެރޯ މެޗްކުރުމަށް ހަދާ ޓެސްޓު ވެސް ޑޯނާއާއި ބަލިމީހާ ރާއްޖޭން ބޭރަށް ގޮސްގެން ނޫނީ ނުހެދޭ ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތީން މިހާރު ރާއްޖޭގައި ތިބެގެން އެ ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ގުޅުންހުރި
އިންޑިއާއިން، ރަސްމީކޮށް ރައީސްއަށް މަރުހަބާ ކިޔައިފި
ސްޓެލްކޯ އިން ހަދާ އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަންގެ މަސައްކަތް ކުރިއަށް
ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅުވާތީ ނަޝީދު އުފަލުން: އަބަދުވެސް ތިބެންވާނީ އެކުވެރިކަމުގައި
ބޭރު ގައުމުތަކުގައި ތިބޭ ދިވެހިންނަށް ދައުލަތުގެ އެހީތެރިކަން ލިބޭ ގޮތް ހަދާނަން:
ބައްސާމް އެދުނު ގޮތަށް އެޕާޓްމަންޓްތައް ހަވާލުކުރަން ދިން މުއްދަތު ފުލުހުން އިތުރުކޮށްދީފި
އައިއެމްއެފްގެ އެހީއެއް ނުހޯދާނަން، އިންޑިއާ އިން ރާއްޖޭގެ ބުރަ ލުއިކޮށްދޭނެ: ރައީސް